މޫނުބުރުގާ އަޅައިގެން މަސައްކަތްކުރުން: ﷲ ދެއްވެވި ޙައްޤެއް ސަރުކާރުން ނުދީގެން މުސްލިމް ޤައުމެއްގަ އަނެއްކާވެސް އިޙްތިޖާޖް ކުރަން ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
މޫނުބުރުގާ އަޅައިގެން މަސައްކަތްކުރުން: ﷲ ދެއްވެވި ޙައްޤެއް ސަރުކާރުން ނުދީގެން މުސްލިމް ޤައުމެއްގަ އަނެއްކާވެސް އިޙްތިޖާޖް ކުރަން ފަށައިފި!

މޫނުބުރުގާ އަޅާ ޓީޗަރުންތަކެއްގެ ހައްގުތަކެއް ނިގުޅައިގެންފައިވާކަމަށް ބުނެ، އެ ކަނބަލުންގެ ހައްގުގައި މާލޭގައި ބަޔަކު އިހުތިޖާޖު ކޮށްފިއެވެ.

މިއިހުތިޖާޖަކީ މުދައްރިސުންގެ އައު ސުލޫކީ މިންގަނޑުގައި މޫނުބުރުގާ އަޅައިގެން ކިޔަވައިނުދެވޭ ގޮތަށް ބަޔާންކޮށްފައިވާތީ، "އައި ސްޓޭންޑް ވިތު ނިގާބް" ގެ ނަމުގައި އާންމުންގެ ބަޔަކު އިންތިޒާމްކުރި އިހުތިޖާޖެކެވެ. މި އިހުތިޖާޖް ބާއްވާފައިވަނީ އަލިމަސް ކާނިވާ ސަރަހައްދުގައެވެ. 

އިހުތިޖާޖުގެ ބައިވެރިންވަނީ ގޮވާލާފައިވަނީ މޫނު ބުރުގާ އަޅައިގެން ތައުލީމީ ދާއިރާގައި ހަރަކާތްތެރިވުމާއި، ތައުލީމް ދިނުމަށް ހުރަސް އެޅިދާނެ ގޮތަށް ދެ މާނަ ދޭހަވާ ގޮތަށް ގާނޫނުގައި އޮތް މާއްދާ އުވާލައި، ސާފު ނައްސުން މޫނު ބުރުގާ އަޅައިގެން ތައުލީމީ ދާއިރާގައި ހަރަކާތްތެރި ވެވޭނެ ކަމާއި ތައުލީމް ދެވޭނެކަމަށް އުސޫލުގައި ބަޔާންކުރުމަށެވެ.

ޓީޗަރުންގެ ސުލޫކީ މިންގަނޑު ބިނާވަނީ މައިގަނޑު ހަތް އަސާސަށެވެ.

މި އަސާސްތަކުގެ ތެރެއިން ފަންނީ ގުޅުމާއި ރަސްމީ ގުޅުން ދެމެހެއްޓުމަށް ކޮންމެ މުދައްރިސަކު ވެސް ކުރަންޖެހޭ ކަންކަމުގެ ތެރޭގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން (ބ) ގައި ބަޔާން ކޮށްފައިވާ ގޮތުން، ޓީޗަރާއި އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާއި ބެލެނިވެރީންނާ މުޢާމަލާތުކުރުމުގައި އެ ޓީޗަރަކު ހުންނަންވާނީ ތިމާއަކީ ކާކުކަން އެނގޭގޮތަށ،ް ސްޓާފް ކާޑު އަޅައިގެން ކަމަށެވެ. އަދި އޭގެ (ޅ) ގައި ވާގޮތުން އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާ އިރު، އަދި ދަރިވަރުންނާ މުޢާމަލާތް ކުރާއިރު އެ ޓީޗަރަކު ހުންނަންވާނީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

މިއަދު އޮންލައިން