އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތުގެ %50 މަސައްކަތް ނިމިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތުގެ %50 މަސައްކަތް ނިމިއްޖެ

އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތުގެ މަސައްކަތުގެ ދަށުން މިހާތަނަށް މުޅި މަޝްރޫއުގެ %50 މަސައްކަތް ނިމިފައިވާ ކަމަށާއި، އަންނަ އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރު މަހުގެ ތެރޭގައި އެ އިމާރާތަށް ވަދެވޭނެ ކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ އެ އޮފީހުގެ ބަޖެޓު މަޖިލީހަށް ހުށަހަޅައިދެއްވުމަށްފަހު މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ދައުލަތުގެ ކޭޝްފްލޯ ހުރިގޮތުން ކޮންސްޓ୍ରަކްޝަން ބައެއް މަޝްރޫއުތަކަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، އެ އޮފީހުގެ އައު އިމާރާތުގެ މަސައްކަތް މަޑުނުޖެހި ކުރިއަށްދާ ކަމަށެވެ.

"މިހާރު ކޮންސްޓްރަކްޝަން ގޮސްފައިވަނީ، އޭގެ %50 އާ ހަމައަށް ނިމިފައިމިވަނީ. އަޅުގަނޑުމެން މިހާރު އެމްޓީސީސީއާއެކު މަސައްކަތު ޕްލޭނަށް ބަލާއިރު އަންނަ އަހަރުގެ ސެޕްޓެމްބަރު ނުވަތަ އޮކްޓޯބަރަށް އެ ބިލްޑިންގ އެއްކޮށް ނިންމާލާފައި އަޅުގަނޑުމެންނަށް އެތަނަށް ވަދެވޭނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ،" ހުސައިން ނިޔާޒީ ވިދާޅުވިއެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ހަ ފަންގިފިލާގެ މައްޗަށް އެކުލެވޭ 23.1 މީޓަރުގެ އުސް މި އިމާރާތުގެ މަސައްކަތް ލަސްވަމުންދާތكީ މާލިއްޔަތު ކޮމިޓީގެ މެންބަރުން ކަންބﻭޑުވުން ފާޅުކުރައްވަމުން އަންނަ ކަމެކެވެ.

މިއަދު އޮންލައިން