ބޭސްފަރުވާއަށް ދޫކުރާ 1000 ޑޮލަރު ވަކި 6 ޤައުމަކަށް ޚާއްޞަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބޭސްފަރުވާއަށް ދޫކުރާ 1000 ޑޮލަރު ވަކި 6 ޤައުމަކަށް ޚާއްޞަކޮށްފި

ދިވެހިން އާންމުކޮށް ބޭސްފަރުވާއަށް ގޮސްއުޅޭ ޤައުމުތަކަށް އެކަނި ބޭސްފަރުވާއަށްދޭ 1،000 ޑޮލަރު ދޫކުރާ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފިއެވެ.

މަރުކަޒީ ބޭންކު، އެމްއެމްއޭއިން ވިދާޅުވީ އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ދިވެހީންނަށް މި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 6 ޤައުމަކަށް ކަމަށެވެ. އެ ޤައުމުތަކަކީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިއާ، ސިންގަޕޫރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި މި ބަދަލު ގެންނަން ނިންމީ ބޭސްފަރުވާގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް އެކަނި ޚަރަދުކުރެވޭ އަދަދުތަކެއްކަން ކަށަވަރުކުރުމުގެ މަޤްޞަދުގައެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބޭސްފަރުވާގެ ބޭނުންތަކަށް 41.1 މިލިޔަން އެމެރިކާ ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ.

މީގެއިތުރުން، މި އަދަދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ޚަރަދުގައި ބޭސްފަރުވާ ކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ބޭރު ފައިސާ ކަމަށްވެސް އެމްއެމްއޭގެ ރެކޯޑުތަކުން ދައްކައެވެ.

މިއަދު އޮންލައިން