ހިލޭ އަންހެނުންނަށާ ﷲ ޙަރާމް ކުރެއްވެވި ކަމަށް ޚަރަދުކުރާނަމަ އަބަދުހެން އުޅެންޖެހޭނީ ލިބޭ އާމްދަނީން ދެކޮޅު ނުޖެހިގެން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ހިލޭ އަންހެނުންނަށާ ﷲ ޙަރާމް ކުރެއްވެވި ކަމަށް ޚަރަދުކުރާނަމަ އަބަދުހެން އުޅެންޖެހޭނީ ލިބޭ އާމްދަނީން ދެކޮޅު ނުޖެހިގެން!: މުފްތީ މެންކް

އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް އަބަދުވެސް އުޅެންޖެހެނީ ލބޭ އާމްދަނީން ދެކޮޅު ނުޖެހިގެންނެވެ. މުސާރަ ލިބުނު ނަމަވެސް ކުރަންޖެހޭ ޚަރަދުތައް ނުކުރެވިގެންނެވެ. އަމިއްލަ ބޭނުންތައް ނުފުއްދގެންނެވެ. އަނބިދަރިންނަށް ކާންވެސް ނުދެވިގެންނެވެ. މައިންބަފައިންނަށް އެހީނުވެވިގެންނެވެ.

އެޙާލަތުގައި ފުރަތަމަވެސް ވިސްނައިލަންވީ ތިމާއަށް ކުރެވޭ ފާފަތަކާއިމެދުގައެވެ. ﷲ ތަޢާލާ ހުއްދަނުކުރައްވަވާ ކަންކަމަށް ކުރެވޭ ޚަރަދުތަކާއިމެދުގައެވެ. މަސްތުވާ އެއްޗެއް ބޭނުންކުރެވޭތޯއެވެ؟ ޖުވާކުޅެވޭތޯއެވެ؟ ދިރިއުޅުމުގައި އިސްރާފްކުރެވޭތޯއެވެ؟ އެ ނޫންވެސް ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިނުވާ ކަމަކަށް ޚަރަދުކުރެވޭތޯއެވެ؟ އަދި ޙަލާލް ނޫން ގޮތެއްގައި އާމްދަނީ ހޯދޭތޯއެވެ؟

މިގޮތުން ބަލައިފިނަމަ އެންމެ ގިނައިން ކުރެވޭ އެއްކަމަކީ ހިލޭ އަންހެނުންނަށް ފައިސާ ޚަރަދުކުރުމެވެ. ހިލޭ ފިރިހެނުންނަށް އަންހެނުން ޚަރަދުކުރާވަރަށްވުރެ މާގިނައިން ފިރިހެނުން، ހިލޭ އަންހެނުންނަށް ފައިސާ ޚަރަދުކުރެއެވެ. ދެން ނިކަން ބުނެބަލާށެވެ! ތބާއަށް ލިބުނު ފައިސާގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެ ހެއްޔެވެ؟

ލިބޭ ޢާމްދަނީން ދެކޮޅު ނުޖެހޭ މީހުން ފުރަތަމަ ކަމަކަށްވެސް ތައުބާވާށެވެ! ތަޤްވާވެރިވާށެވެ! ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ކަންކަމަށް ޚަރަދުކުރުން ހުއްޓައިލާށެވެ! އަހުރެންނަށް ލިބިފައިވާ މައުލޫމާތަށް ބަލައި ބުނަމެވެ. އެއިރުން މިހާރު ނުފުދިގެން ތިއައުޅޭ މުސާރައިން ފުދި އިތުރުވެސްވެއެވެ. މަސްނިމޭއިރު ރައްކާކުރާނެ ފައިސާވެސް އަތުގައި ހުރެއެވެ. އެއީ އެފައިސާގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާތީއެވެ.

ތައުބާވުމަކީ ﷲ ތަޢާލާ މީސްތަކުންނަށް ރިޒްޤް ތަނަވަސްކުރައްވަވައި ދެއްވަވައި އަދި ސުވަރުގެ ވައްދަވާ ކަމެއްކަން ނޫޙް ސޫރަތުގެ އާޔަތްތަކުން އެނގިގެންދާނެއެވެ. ވިސްނުންތެރިކަމާއިއެކު މާނަކިޔައިލާށެވެ! ވީމާ މިއީ އެއްވެސް މީހަކު ޝައްކުކުރަންވީ ކަމެއް ނޫނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން