މީސްތަކުން މަރުވާ ގޮތުގެ ވާހަކަ- ދައްކަންޖެހޭ ވާހަކައެއް!: ޝައިޚް މުޙައްމަދު އަލްނަޤްވީ

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
މީސްތަކުން މަރުވާ ގޮތުގެ ވާހަކަ- ދައްކަންޖެހޭ ވާހަކައެއް!: ޝައިޚް މުޙައްމަދު އަލްނަޤްވީ

މީސްތަކުން މަރުވުމުން އެމީހުން މަރުވި ގޮތުގެ ވާހަކަ ދައްކާތީ ބައެއް މީހުން ސުވާލުކުރާތީ ބުނަމެވެ. އެއީ ދައްކަންޖެހޭ ވާހަކައެކެވެ. ތިއަބައިމީހުންނަށް ފެންނަ ކަންކަމުގެ ވާހަކަވެސް ދައްކާށެވެ. ހަމައެކަނި ނުކުރަންވީ އެއީ ކާކުކަން ހާމަނުކުރުމެވެ.  

މީހުން މަރުވުމުން ފެންނަ ފައިދާކުރާނެ ހެޔޮ ކަންކަމާއި ނުބައި ކަންކަމުގެ ވާހަކަ އެމީހަކަށް ފެނުނު ގޮތަށް، ނުވަތަ އިތުބާރުކުރެވޭ މީހެއްގެ ކިބައިން އެނގުނު ގޮތަށް ނުދައްކައި ނުތިބޭށެވެ. އެވާހަކަތައް އަޑުއިވުމުން ބިރުވެތިވެ ހޭލުންތެރިވެ ޢމަލުތައް އިޞްލާޙްކުރަން ގިނަ ބައަކު މަސައްކަތްކުރާނެތީއެވެ. އެކަމަށް ފުރުޞަތު ބޮޑުވެ މަގުފަހިވެގެންދާނެތީއެވެ.

ހަމައެއާއިއެކު ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންވީ އެއްކަމަކީ ވީހައި ޢަމަލުތައް ކުރުންމަތީގައި މަރުވުމަށެވެ. ސަބަބަކީ ޤިޔާމަތްވުމުން ކޮންމެ މީހަކުވެސް ކައްވަޅުން ތެދުވާނީ އެމީހަކު އެންމެ ފަހުން ކުޅަ ޢަމަލެއްގެ މަތީގައެވެ. ވީމައި ނުބައި ޢމަލެއް ކުރުންމަތީގައި މަރުވެއްޖެ މީހާގެ ޙާލާއިމެދު ވިސްނައިލާށެވެ. އަދި ހެޔޮ ޢަމަލެއް ކުރަނިކޮށް މަރުވެއްޖެ މީހާއަށް ހުރި އުފާވެރިކަން ބޮޑުކަމާއިމެދު ވިސްނައިލާށެވެ.  

ކޮންމެ މީހަކުވެސް ވީހައި ގިނައިން ހެޔޮ ޢަމަލުތައް ކުރަމުން ގެންދާށެވެ. އަދި އެހެން މީހުންނަށް ހެޔޮ ނަޞޭޙަތްދީ ހޭލުންތެރި ކުރުވަންވެސް ގަދައަޅައި މަސައްކަތްކުރަމުން ގެންދާށެވެ. އެކަމުގެ ފައިދާ އެމީހަކަށް ދުނިޔެއާއި އާޚިރަތުގައިވެސް ފެންނާނެއެވެ. އިން ޝާ ﷲ  

- ޝައިޚް މުޙައްމަދު އަލް ނަޤްވީގެ ދަރުސަކުން

މިއަދު އޮންލައިން