ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގަނީ

މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގުމަށް އުޔޫން އިންސްޓިޓިއުޓް އާއި މާލެ ސިޓީ ކައުންސިލާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމްނާމާއަކީ މާލޭ ސިޓީގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ތެރެއިން 18 އަހަރުން ދަށުގެ ކުޑަ ކުދިންގެ ތެރެއިން ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް ޤުރުއާން ހިތުދަސްކުރުމުގެ ހުނަރު ދަސްކޮށްދީ ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގައިދިނުމަށް ބެނުންވާކަމަށް ވިދާޅުވެ މާލޭ ސިޓީ ކައުންސިލަށް އުޔޫން އިންސްޓިޓިއުޓްގެ ފަރާތުން ހުށަހެޅި ހުށަހެޅުމާބެހޭ ގޮތުން މާލޭ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އެފަދަ ޤުރުއާން ކުލާސްތަކެއް ހިންގުމަކީ މާލޭ ސިޓީ ކައުންސިލުންވެސް އެދޭ އެދުމެއް ކަމުގައިވާތީ، މާލޭ ސިޓީގައި ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގުމަށް މާލޭ ސިޓީ ކައުންސިލާއި އުޔޫން އިންސްޓިޓިއުޓު އާއިދެމެދު މަޝްވަރާކުރެވި މި ހިތުދަސްކުރުމުގެ ކްލާސްތައް މާލޭ ސިޓީގައި ހިމެނޭ ހަތަރު މިސްކިތެއްގައި ހިންގުމަށް ދެފަރާތުގެ ޒިންމާތަކާއި މަސްއޫލިއްޔަތު ބަޔާން ކުރުމަށް ޤާއިމްކުރެވުނު ފަހުމްނާމާއެކެވެ.

އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އުޔޫން އިންސްޓިޓިއުޓްގެ އިސްނެގުމާއިއެކު މާލެ ސިޓީގައި ހިމެނޭ މިސްކިތްތަކުގެ ތެރެއިން ހަތަރު މިސްކިތެއްގައި ހިލޭ ސާބަހަށް ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގުމަށް މި ފަހުމުނާމާގައި އުޔޫން އިންސްޓިޓިއުޓްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް އިންސްޓިޓިއުޓް ޑރ. ޢަލީ ޒާހިރުއެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން މި ފަހުމު ނާމާގައި ސޮއިކުރެއްވީ މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިފަހުމްނާމާގެ މަޤްޞަދަކީ މާލޭ ސިޓީގައި ދިރިއުޅޭ 18 އަހަރުން ދަށުގެ ދިވެހި ކުޑަކުދިންގެ ތެރެއިން ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް ޤުރުއާން ހިތުދަސްކުރުމުގެ ހުނަރު ދަސްކޮށްދީ ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތަކެއް ހިންގައި ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް އެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.

މިއަދު އޮންލައިން