ރޭއަޅުކަންކުރަން ހޭލަން މަސައްކަތްކުރާ މީހާއަށް ނުހޭލެވުނަސް މާޔޫސްވާކަށް ނުޖެހޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރޭއަޅުކަންކުރަން ހޭލަން މަސައްކަތްކުރާ މީހާއަށް ނުހޭލެވުނަސް މާޔޫސްވާކަށް ނުޖެހޭނެ!: މުފްތީ މެންކް

ގިނަ ބައެއްގެ ކަންބޮޑުވުމަކަށްވެފައި އޮންނަ އެއްކަމަކީ އަޅުކަންކުރުން ގިނަކުރަން މަސައްކަތްކުރިނަމަވެސް ގިނަ ނުކުރެވޭ ކަމެވެ. އެފަދަ ޙާލަތުގައި ބައެއް މީހުންނަށް ވިސްނެނީ އެމީހުންނަކީ ގެއްލެނިކުރައްވަވާފައިވާ ބައެއް ކަމަށެވެ. 

ނަމަވެސް އެއީ އެއްގޮތަކަސްވެސް އެކަން އޮތް ގޮތެއް ނޫނެވެ. އަަހރެމްނެނަށް އޮތީ އިޚްލާޞްތެރިކަމާއިއެކުގައި ކަންކަން ކުރަން މަސައްކަތްކުރުމެވެ. މަސައްކަތްކުރުމުން ޙާޞިލުނުކުރެވޭ ބައި ﷲ ތަޢާލާ ފޫބައްދަވައި ދެއްވަވާނެތެވެ. ވީމާ އަހަރެމެންނަށް އޮތީ އިޚްލާޞްތެރިވުމެވެ.  

ރޭއަޅުކަން ކުރަން 2 ރޭ ހޭލެވިފައި 3 ވަނަ ރޭ ނުހޭލެވުމަކީ އަދި މާޔޫސްވެގެން އެކަން ހުއްޓައިލަންވީ ސަބަބެއް ނޫނެވެ. 4 ވަނަ ރޭ ނިދަންވީ ކުރީރެއަށްވުރެ ބޮޑަށް ހޭލަން ޢަޒުމްކަނޑައަޅައިގެންނެވެ. ގަޑި ސޯނާކޮށްގެންނެވެ. ފޯނުވެސް ސޯނާކޮށްގެންނެވެ. ނިދަން މަސައްކަތްކުރަންވީ ކުރީރެއަށްވުރެވެސް ކުރިންނެވެ. 

ހޭލަން އަހަރެމެން ކުރާ ހުރިހާ މަސައްކަތެއް ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވެއެވެ. އެހެންކަމަށްވާއިރު އަހަރެމެން އިޚްލާޞްތެރިކަމާއިއެކުގައި ކުރާ މަސައްކަތް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވައިފާނެކަމަށް ޤަބޫލުކުރަން ހެޔޮވެސް ނުވާނެ ނޫންހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން