ކޮވިޑާ ގުޅިގެން ޙައްޖުވުމަށް ސަޢޫދީ ސަރުކާރުން އެޅި ހުރިހާ ހުރަސްތަކެއް ނައްތާލައި ޙައްޖުވުމުގެ ފުރުޞަތު ކުރިއާއި އެއްގޮތަށް ހުޅުވާލައިފި ކަމަށް ސަޢުދީގެ ޙައްޖާއިބެހޭ ވަޒީރުވިދާޅުވިކަން ސަޢުދީ ގެޒެޓްގައި ހާމަކޮށްފިއެވެ.
އެހެންކަމުން މިއަހަރު ހުރިހާ ޢުމުރެއްގެ މީހުންނަށްވެސް ޙައްޖުވެވޭނެއެވެ. އަދި ކޮވިޑުގެ ކުރިން ޙައްޖަށް ދިން ކޯޓާތަކާއި އެއް ޢަދަދަކަށް މިއަހަރު ކޯޓާވެސް ދޫކުރާނެއެވެ. ނަމަވެސް ޤައުމުތަކަށް ދޫކުރާނެ ޢަދަދު އަދި ހާމަކޮށްފައެއް ނުވެއެވެ.
2009 ވަނައަހަރުން ފެށިގެން 2019 ވަނަ އަހަރަށް ބަލައިފިނަމަ އަހަރަކު ޙައްޖުވުމުގެ ފުރުޞަތު ދީފައިވަނީ އެވްރެޖްކޮށް 2،3 މިލިއަން މީހުންނަށެވެ. މިއަހަރު ދޭނެ ޢަދަދު އަދި ހާމައެއް ނުކުރެއެވެ.
ވަޒީރު ވިދާޅުވެފައިވަނީ ޢުމްރާޢަށްދާ މީހުންގެ އިންޝުއަރަންސް ފީ 235 ރިޔާލައިން 88 ރިޔާލައަށް ދަށްކޮށްފިފައިވާ ކަމަށާއި ޙައްޖަށްދާ މީހުންގެ އިންޝުއަރަންސް ފީ 109 ރިޔާލައިން 29 ރިޔާލަށް ދަށްކޮށްފައިވާ ކަމަށެވެ.
ޙައްޖާއި ޢުމުރާވުމަށްދާ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ހިންގި މަޝްރޫޢުތަކަށް ވަނީ ބޮޑުހޭދައެއް ކޮށްފައެވެ.
ގުޅުންހުރި ލިޔުން:
https://saudigazette.com.sa/article/628745/SAUDI-ARABIA/Saudi-Arabia-to-receive-Hajj-pilgrims-to-pre-COVID-levels