އެންމެ ކުރު އެހެނަސް އެންމެ މަތިވެރިދުޢާއަކީ ٱلْحَمْدُ لِلّٰهِ އެވެ. މިހެން ބުނުމުން ٱلْحَمْدُ لِلّٰهِ ދުޢާއަކަށްވަނީ ކީއްވެގެންތޯ ސުވާލުކޮށްފާނެއެވެ! ޖަވާބަކީ ٱلْحَمْدُ لِلّٰهِ ގެ މާނައަކީ އެންމެހައި ރިވެތިވެގެންވާ ތަޢްރީފާއި ޙަމްދުޘަނާ ޙައްޤުވެގެންވަނީ ﷲ ތަޢާލާއަށެވެ. އެންމެހައި މަތިވެރިވެރިކަމަކާއި އެންމެހައި ތަޢްރީފް ޙައްޤުވެގެންވަނީ ﷲ ތަޢާލާއަށް ކަމެވެ.
The Messenger of Allah (ﷺ) said: “Purity is half of iman (faith). ‘Al-hamdu lillah (all praise and gratitude belong to Allah)’ fills the scales, and ‘subhan-Allah (how far is Allah from every imperfection) and ‘Al-hamdulillah (all praise and gratitude belong to Allah)’ fill that which is between heaven and earth.”
Grade: Sahih (Al-Albani)
English reference: Book 40, Hadith 927
ވީމާ ٱلْحَمْدُ لِلّٰهِ އަކީ އެންމެ ކުރު އެހެނަސް އެންމެ މަތިވެރިދުޢާއެވެ!
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން