ކަމެއް ދިމާވީމާ މީހަކު ބުނާހާ ކަމެއް ކުރަންވީއެއް ނޫނެވެ! ނިދި ޤުރްބާންކޮށްފައިވެސް ދަމުނަމާދުކޮށް ދެއަތް އުފުލައި ދުޢާކުރަންވީއެވެ!: މުފްތީ މެންކް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކަމެއް ދިމާވީމާ މީހަކު ބުނާހާ ކަމެއް ކުރަންވީއެއް ނޫނެވެ! ނިދި ޤުރްބާންކޮށްފައިވެސް ދަމުނަމާދުކޮށް ދެއަތް އުފުލައި ދުޢާކުރަންވީއެވެ!: މުފްތީ މެންކް

ސުންނަތުގަ އޮތްގޮތް ބަލަންވީ އަޅުކަންކުރުމުގަ އެކަންޏެއް ނޫނެވެ! ދިރިއުޅުމުގެ ކޮންމެ ކަމެއްގައެވެ. ޢާއިލީ މައްސަލަތަކުގައިވެސްމެއެވެ. އެހެނީ ﷲ ތަޢާލާ އެންމެ ރުހިވޮޑިގަންނަވާ އިންސާނަކީ ރަސޫލް (ﷺ) އެވެ. 

ވީމާ ޤުރްއާނުގައި ފެންނަން ނެތް ކޮންމެ ކަމެއްގައި ސުންނަތުގައި އޮތްގޮތް ބަލާށެވެ! ރަސޫލް (ﷺ) ކޮންމެ ކަމެއްވެސް ކުރައްވަވާފައިވާނީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާނެ ގޮތަށެވެ. 

ކަމެއް ކުރިމަތިވެގެން ލަފާހޯދަން ދިއުމުން އަނބެއް ހަތްފޮތިކޮށްފައި ކޮންމެ ފޮތްޗަކަށް އަލްޙަމްދު ކިޔަވައި ފުމެގެން އެއްފަހަރާ 7 ފޮތިކާން ބުނީމާ އެކަން ޤަބޫލުނުކުރާށެވެ! މިބާވަތުގެ އެއްވެސް ކަމެއް ރަސޫލް (ﷺ) ކުރައްވަވާފައެއް ނުވެއެވެ. ވީމާ މިފދަ ކޮންކަމަކީ ބިދުޢައެކެވެ. އެކަންކުރުމުން އެދެވެނީ އިސްލާމް ދީނާއި ދުރަށެވެ! އެ ލެނބެވެނީ ޝައިޠޯނާގެ ފަރާތަށެވެ! 

ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް މެދުވެރިވެއްޖެނަމަ ކަންނެތްވެ ނިދަން ނޯވެ އެނދުން ތެދުވެ ވުޟޫކޮށް ދަމުނަމާދުކުރާށެވެ! ކުރެވުނުހައި ގިނައިން އިސްތިޣްފާރުކުރާށެވެ! އެކަމެއް ހިންމަވައިދެއްވެވުން އެދި ﷲ ތަޢާލާއަށް ދަންނަވާށެވެ! ޤުރްއާން ކިޔެވުން ގިނަކުރާށެވެ! ފަރުޟު 5 ނަމާދާއި ސުންނަތް ނަމާދުތައް ކުރުމުގައި ސާބިތުވާށެވެ! ޞަދަޤާތްކުރުން ގިނަކުރާށެވެ! 

އެކަމެއް ﷲ ތަޢާލާ ހިންމަވައިދެއްވަވާނެތެވެ! އިން ޝާ ﷲ

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން