އަނބިމީހާއަށް ފިރިމީހާދެކެ ރުޅިއައުމުގެ ޙައްޤު އޮވޭތޯ؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 55ސ
އަނބިމީހާއަށް ފިރިމީހާދެކެ ރުޅިއައުމުގެ ޙައްޤު އޮވޭތޯ؟

ސުވާލު:. އަނބިމީހާއަށް ފިރިމީހާދެކެ ރުޅިއައުމުގެ ޙައްޤު އޮވޭތޯ؟ މިސާލަކަށް އަނބިމީހާ ހިތްހަމަ ނުޖެހޭ ކަމެއްކުރީމާ އެކަމާ ހިތްހަމަނުޖެހިފައި ހުރެ އެކަމަށް އެއްޗެކޭ ބުނީމާ އެކަން ޤަބޫލުނުކޮށް ފިރިމީހާއަށް އަނބިމީހާދެކެ ރުޅިއާދެވޭނެތޯ؟ 

ޖަވާބު:. ފިރިމީހާ ގޯސްކަމެއްކުރީމާ އެކަމާ އިންކާރު ކުރުމުގެ ޙައްޤު އަނބިމީހާއަށް ލިބިގެންވޭ.

- ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް 

ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކަށް ވާހަކަދައްކައި މަޝްވަރާކުރަންވާނެއެވެ. ކަންބޮޑުވާ ކަންކަމުގެ ވާހަކަ ދައްކަންވާނެއެވެ. އެކަމަކީ ކޮންމެ މީހެއްގެ ކިބައިން މެދުވެރިވާ ކަމެއް ނަމަވެސް އެކަން އިޞްލާޙްކުރަންވެސްވާނެއެވެ. 

އެކަކު ދައްކާ ވާހަކަ އަނެކަކު ކަނުލައި އަޑުއަހަންވާނެއެވެ. ހިތްހަމަނުޖެހޭ ކަންކަމުގައި ދެމީހުން މަޝްވަރާކޮށް ޙައްލުނުކުރާނަމަ ދެމެދަށް ޝައިޠޯނާ ވަދެގަންނާނެއެވެ. ކުދިކުދި ކަންކަންވެސް ބޮޑުކޮށް ފިތުނައުފައްދުވާނެއެވެ. އެންމެ އުފަލުގައި ދިރިއުޅެވޭނީ އެދުވަހަކު ދިމާވި ކަންކަމަމަށް މަޝްވަރާކޮށް އެކަކު އަނެކަކަށް ހިތްހެޔޮކޮށްގެން ނިދާ ދެމަފިރިންނަށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން