މިޔުޒިކްގެ މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފް އޮތް މައްސަލައެއް ކަމަށް ބެލިނަމަވެސް އެކަމުން އެނގެނީ އެމީހަކު ޢަމަލުކުރަން ބޭނުން ގޮތަކަށް ފުރުޞަތު އެބައޮތްކަމެވެ. ވީމާ މިޔުޒިކާއި ދުރުހެލިވެ ހުރުމުގެ ޙައްޤުވެސް ކޮންމެ މުސްލިމަކަށްވެސް ލިބިގެންވާ ކަމެވެ.
އެހެންކަމަށްވާއިރު މިޔުޒިކާއި ދުރުހެލިވެ ހުންނަން ބޭނުންވާ ކޮންމެ މީހަކަށްވެސް އެކަމުގެ ޙައްޤު ލިބިގެންވެއެވެ. އެޙައްޤަށް އަރައިގަތުމަކީ އެންމެ ހަރުކަށިފިކުރެވެ. ސަރުކާރުން ހިންގާ ސްކޫލްތަކުގެ ޓީޗަރުން މިޔުޒިކާއި ދުރުހެލިވުމުން އެމީހަކަށް ފިޔަވަޅު އަޅާނަމަ އެއީ އޭނާއަށް ލިބިގެންވާ ޙައްޤަކަށް އަރައިގަތުމެވެ.
ދާދިފަހުން ޜާއްޖޭގައި ބާއްވަން އުޅުނު މިޔުޒިކް ޝޯއަކަށް ލިބޭނެ ކަމަށް އެމީހުން ބެލި ވަރަށް ތަރްޙީބް ނުލިބުމުން މިހާރު މިފެންނަނީ މިޔުޒިކް ކުރިއަރުވަން ސަރުކާރުން ސީދާ ޙަރަކާތްތައް ފެށިތަނެވެ. މުސްލިމުންގެ ޙައްޤުތަކަށް އަރައިގަންނަމުންދާ ތަނެވެ.
މިފަދަ ހުރިހާ ކަމެއް ސަރުކާރަށް ކުރެވެމުން އެދަނީ އސިްލާމިކް މިނިސްޓްރީން ބުނަންޖެހޭ ޙައްޤުބަސް ބުނަން ނުކުޅެދިފައިވުމުންނެވެ. ކަންކަމުގައި އޮތް ދީނުގެ ޙުކުމް ފައުޅުކުރަން ފަސްޖެހޭތީއެވެ. މިއީ ވަރަށް ހިތާމަހުރިކަމެކެވެ. ސަރުކާރުގެ މައްޗަށް އިސްލާމިކް މިނިސްޓްރީއަށް ނުފޫޒު ނުފޯރުވުނު ނަމަވެސް ބުނަންޖެހޭ ޙައްޤުބަސް ނުބުނެވޭނަމަ އެއީ ވަރަށް ބޮޑޫ މައްސަލައެކެވެ.
އިސްލާމް ދީނުގެ ޙުކުމްތައް ޙިމާޔަތްކުރާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދީގެން ވެރިކަމަށް އައިސް ކަމުގެ ޒިންމާ އުފުލަން ޖެހުނީމާ ޙައްޤުބަސް ނުބުނެ މަޑުން ތިބުމަކީ އިސްލާމް ދީނަށް ޢަދުލުވެރިވުން ކަމުގައިވާނެތޯއެވެ؟ ޢަދާލަތުގެ މާނައަކީ އެއީތޯއެވެ؟ ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރުމުގެ ސިޔާސީ ވަޒީފާތަކުގައި ތިބެ މުސާރަނަގަމުންދާ މީހުންގެ މުސާރަ މިއަދު ޙަލާލުވާނެތޯ ނުވަތަ ނޫންތޯ އަމިއްލައަށް ވިސްނައިލާނެ ނަމައެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
Music practice nukoh dheegen Ukulhahu school ge teacher eh suspend koffi. pic.twitter.com/gyMR1FW27m
— Abu Bilaal (@AbuBilerl) November 17, 2022