ކައިވެނިކުރުމަށްފަހު އެކަކު އަނެކަކަށް އިޙްތިރާމްކުރަންޖެހޭނެއެވެ. އެއީ ދަށުވުމެއް ނޫނެވެ. އަދި އަނެކާއަށްވުރެ ތިމާ ދެރަވުމެއްވެސް ނޫނެވެ. އެއީ އުފާވެރި ޒަވާޖީ ޙަޔާތަކަށްޓަކައި ދެމީހުންވެސް ކުރަންޖެހޭ ކަމެކެވެ. ކުރަންޖެހޭ ަކމެއް ކުރަން ފަސްޖެހިގެން ނުވާނެއެވެ.
އެގޮތުން ކުރަންޖެހޭ އެއްކަމަކީ އެކަކު ނުރުހޭ މީހާ އާއި އަނެކާވެސް ނުރުހުމެވެ. ނަމަވެސް މިދައްކަނީ ތިމާ ރަޙިމުގެ ގުޅުން ދަމަހައްޓަންޖެހޭ މީހުންގެ ވާހަކައެއް ނޫނެވެ. ގާތްތިމާގެ މީހުންގެ ވާހަކައެއް ނޫނެވެ. އެކުވެރިންނާއި ދެކެފަރިތަ މީހުންގެ ވާހަކައެވެ.
އެކަކު "މިވެނިމީހަކާ ވާހަކަ ނުދައްކަން" އެދިއްޖެ ނަމަ އަނެކާވެސް އެކަމަށް އިޙްތިރާމްކުރާށެވެ! އަނބިމީހާ ނުރުހޭ މީހުންނާއި ފިރިމީހާ ގުޅުން ބާއްވައި ވާހަކަދައްކައިހަދާނަމަ އަނބިންވެސް ހަމައެމަގުން ކަންކަންކުރާނެކަން ޤަބޫލުކުރާށެވެ! ޒަމާނަށް އައިސްފައިވާ ބަދަލުތަކުގެ އަސަރު ވަކިމީހަކަށްވީތީ ނުވަތަ އަނބިމީހާކަމަށްވީތީ ނުވަތަ ފިރިމީހާކަމަށްވީތީ އޭނާއަށް އައިސްފައި ނުވާނެކަމަށް ޤަބޫލުކޮށްގެން އެއްވެސް ކަމެއް ކާމިޔާބެއް ނުކުރެވޭނެއެވެ.
ދިރިއުޅުމަކީ ރައްޓެހިންނާއި އަދި ސޯޝަލްމީޑިއާއަށްވުރެ ހުރިހާ ގޮތަކުން ވެސް މާ މުހިންމު އެއްޗެކެވެ. ޒަވާޖީ ހަޔާތަކީ އެމީހަކު ދިރިހުންނަން ލާންޖެހޭ ނޭވާގެ އެއްބައި ކަމަށްވެސް ބުނެވިދާނެއެވެ. އެހައިވެސް މުހިންމުވުމުންނެވެ.
މިހާރަކަށް އައިސް ދެމަފިރިންގެ ގުޅުމަށް އެންމެ ބޮޑަށް އަސަރުކުރާ އެއްކަމަކީ ފާހަގަ މިކުރި މައްސަލައިގައި ޢަމަލުކުރެވޭ ގޮތެވެ. އެކަކު އަނެކަކަށް އިޙްތިރާމް ނުކުރެވޭކަމެވެ. ކައިވެނިކުރުމަސްފަހު ބައިވެރިޔާއަށްވުރެ މުހިންމު މީހަކު ހުރެގެން ނުވާނެއެވެ. އަނެއްކާވެސް މިބުގޮތަށް މިބުނީ ދީނުގެ އިންތަކުގެ ތެރެއިންނެވެ. ﷲ ތަޢާލާ އަންގަވާފައި އޮތުމުން ގުޅުން ބާއްވަންޖެހޭ މީހުން އިސްތިސްނާކޮށްފައެވެ.
ލޯބި ބޭނުންނަމަ ލޯބިދޭށެވެ. ބުނެއުޅޭ އުޞޫލުން އިޙްތިރާމް ބޭނުންނަމަ އިޙްތިރާމްކުރާށެވެ. ދިރިއުޅުން ކާމިޔާބުކުރެވޭނީ އެއިރުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން