ޕާޓީތަކަށް ގޮސް ޕާޓީ ނުކުރަން އަނބިމީހާ ބުނީމާ "ކަލޭ އަބަދު އަޅުކަންކޮށް ނަމާދުކުރާމީހާ އަހަރެންނަށްޓަކާ ހެޔޮދުޢާކޮށްލީމާ ރަނގަޅުވާނެ" ކަމަށްބުނި މީހަކު އަނދައިދިއަ ގޮތުގެ ވާހަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ޕާޓީތަކަށް ގޮސް ޕާޓީ ނުކުރަން އަނބިމީހާ ބުނީމާ "ކަލޭ އަބަދު އަޅުކަންކޮށް ނަމާދުކުރާމީހާ އަހަރެންނަށްޓަކާ ހެޔޮދުޢާކޮށްލީމާ ރަނގަޅުވާނެ" ކަމަށްބުނި މީހަކު އަނދައިދިއަ ގޮތުގެ ވާހަ-

އިރާދައިގައި އެކަންވާން އޮތުމުން ދެމީހުންނަށް ކައިވެނިކުރެވުނު ނަމަވެސް އެއީ މިޒާޖުގެ ގޮތުން ވަރަށް ތަފާތު ދެމީހުންނެވެ. އަނބިމީހާއަކީ ވަރަށް ތަޤްވާވެރި އަންހެނެކެވެ. ފިރިމީހާއަކީ ހުޅަނގުގެ ހުރިހާ ކަންކަމަށް ޝައުޤުވެރިވެ ހުޅަނގުގެ މީހުން އުޅޭ ގޮތަށް އުޅެން ބޭނުންވާ މީހެކެވެ. 

މަސައްކަތު މާޙައުލުން ދެމީހުން ބައްދަލުވެ އުފެދުނު ގުޅުމެއްގެ ތެރެއިން ކައިވެނިކުރަން އެއްބަސްވެ ކައިވެނިކުރިއިރުވެސް ފިރިމީހާއަކީ އެފަދަ ކަންކަމުގައި ހައްދު ފަހައަޏާފައިހުރި މީހަކު ކަމެއް އަނބިމީހާއަކަށް ނުއެނގެއެވެ. 

އެއް ރެއެކެވެ. ފިރިމީހާ ނަލަހެދިގެން ތައްޔާރުވަމުން ދިއައީ "ގެޓް ޓުގެދަ" އަކަށްދާށެވެ. ނުދިއުން އެދި އަނބިމީހާ އާދޭސްކުރިއެވެ. ދެފައިގައިވެސް ހިފިއެވެ. ނަމަވެސް ފިރިމީހާ އެއިން އެއްވެސް ކަމެއް ޤަބޫލެއް ނުކުރިއެވެ. ބޭނުންވީ ދާށެވެ. ބުނީ ދުނިޔޭގައި އުޅެލަން މިލިބެނީ ވަރަށް މަދު ދުވަސްކޮޅެއް ކަމަށާއި އުފާނުކުރާނަމަ ޙަޔާތުގެ ބޭނުމެއް ނެތް ކަމަށެވެ. 

ޕާޓީތަކަށް ނުދިއަ ނަމަވެސް އުފާކުރެވިދާނެ ކަމަށާއި ﷲ ގެ ކޯފާއަށް ބިރުވެތި ނުވާނަމަ ކިތަންމެ ބޮޑު މުޞީބާތެއް ކުރިމަތިކުރައްވަވައިފާނެ ކަމަށް ބުނުމުން ބުނީ އެހެންވީމާ ކަލޭ އަބަދު އަޅުކަންކޮށް ނަމާދުކުރާމީހާ އަހަރެންނަށްޓަކައި ހެޔޮދުޢާކޮށްލީމާ ރަނގަލުވާނެ ކަމަށެވެ. 

އެހިސާބަށް ވާހަކަ ދިއަތަނާ އެކުވެރިން ބަލައި އައުމުން އެމީހުންނާއިއެކު ނުކުމެގެންދިއައީއެވެ. 

މެންދަމު 12 ޖަހަން އުޅެނިކޮށް ފިރިމީހާގެ އެކުވެރިއަކު ގުޅާފައި ރޮމުން ބުނީ ވަރަށް ދެރަގޮތެއް މެދުވެރިވެއްޖެކަމަށެވެ. ޕާޓީ ބޭއްވިތަނުގައި އަލިފާނުގެ ޙާދިސާއެއް ހިނގައި ގިނަ ބައަކު މަރުވެ ގިނަ ބައަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެ ކަމަށާއި ސަލާމަތްވީ މަދުމީހަކު ކަމަށެވެ. އަދި އަނދައި މަރުވި މީހުންގެ ތެރޭގައި ފިރިމީހާ ހިމެނޭ ކަމަށެވެ. 

ބުނާނެ އެއްޗެއްވެސް ނުއެނގި އަނބިމީހާ ވަރަށް ދެރަވެފައި އިނީއެވެ. ބަލިވެ އިނދެ ބަނޑަށް 6 މަހެވެ. އެންމެ ބޮޑަށް ދެރަވީ ދަރިފުޅު އުފަންވި ނަމަވެސް އެދަރިފުޅަށް އޭނާގެ ބައްޕަ ދުވަހަކުވެސް ނުފެންނާނެތީއެވެ. ބައްޕަގެ ލޯބިން ދަރިފުޅު މަޙްރޫމްވީތީއެވެ.

ވަރަށް ދެރަވެ ރޮމުން މަންމައަށް ގުޅުމުން މަންމަ ބުނީ ކޮންމެ ކަމެއްވެސް މެދުވެރިކުރައްވަވާނީ ރަނގަޅަކަށް ކަމަށެވެ. އެފަދަ ބައްޕައަކު ދުނިޔޭގައި ހުރިނަމަ ދަރިފުޅު ބޭނުންވާ ގޮތަށް ދަރިފުޅު ތަރުބިއްޔަތުވެސް ނުކުރެވުނީސްކަމަށެވެ. އެހެންކަމުން ތިއައީ ލެއްވެވި ރަޙްމަތެއް ކަމަށް ޤަބޫލުކޮށް ރުއިން ހުއްޓާލުމަށެވެ. 

މަންމަ ދެއްކި ވާހަކަތައް ޤަބޫލުކުރެވުނެވެ. ހިތްވަރުވެސް ލިބުނެވެ. ވިހައި ގަދަވެގެން އޭނާ ފަދަ ތަޤްވާވެރި ފިރިއަކު ހޯދައިގެން ކައިވެނިކޮށް އަންނަނީ ވަރަށް އުފަލުގައި ދިރިއުޅެމުންނެވެ. 

މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެއްގެ ވަރަށް ކުރުކުރު ޚުލާޞާއެކެވެ. ދިގުކުރަން އިތުރު ވާހަކަތައް ނުލިޔެ ދޫކޮށްލީ ކިޔުންތެރިނެ ވަޤުތު ސަލާމަތްކުރަން ބޭނުންވާތީއެވެ. 

ވިސްނައިލާށެވެ. ދުނިޔޭގައި ދިރިއުޅެން މިލިބޭ މަދު ދުވަސްކޮޅު އުފަލުގައި ހޭދަކުރަން އޭނާ އެއިޚްތިޔާރުކުރިގޮތް ނިކަން ވިސްނައިލަބަލާށެވެ. އަދި އެންމެ ފަހުވަގުތު ގެއިން ނުކުންނަމުން އެބުނި ބަހަށް ނިކަން ވިސްނައިލަބަލާށެވެ. "ކަލޭ އަބަދު އަޅުކަންކޮށް ނަމާދުކުރާ މީހާ އަހަރެންނަށްޓަކައި ހެޔޮދުޢާކޮށްލީމާ ރަނގަލުވާނެ" ކަމަށް ބުނީމައި އެނގެނީ އެނގެނީ އޭނާގެ ހިތުގައި ﷲ ތަޢާލާއަށް އެއްވެސް ބިރުވެތިކަމެއް ނެތްކަމެވެ. ދުޢާކުރަންވެސް އޭނާ ބޭނުންނުވާ ކަމެވެ. އެމަރުވީ އެޙާލަތުގައެވެ. އާޚިރަތް ދުވަހު ކަންކަން ނިންމަވާނެ ގޮތް މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. 

މިއީ ޚާއްޞަކޮށް މިފަދަ ވިސްނުމުގައި އުޅޭ ޒުވާނުންނަށް ޢާންމުކޮށް ކޮންމެ އިސްލާމަކަށްވެސް ވަރަށް އަގުހުރި ވާހަކަކޮޅަކަށްވާނެ ކަމަށް އުންމީދުކޮށް މިއަދުނޫހުގެ ކިޔުންތެރިންނަށް ހުށަހަޅައިލީއެވެ.

 

--ޒައިނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން