"ލީބިޔާ އިސްތިޢުމާރު ކުރި އިޓަލީންނާއި ދެކޮޅަށް ދީނާއި ދީބުގެ ދިފާއުގައި ޖިހާދު ކުރެއްވި ސަހަރާގެ ސިންގާ ޢުމަރު މުޚްތާރު رحمه الله ޝަހީދުކޮށްލެވުނުތާ 91 އަހަރު ފާއިތުވެގެންދިޔައިރުވެސް އެބަޠަލުގެ ޒިކުރާ ދެމިގެންވެއެވެ.
ދީނާ ދީބުގެ ދިފާއުގައި ކުރާ މަސައްކަތް ގެއްލިގެން ނުދާނެއެވެ."
- ޝައިޚް މުޙައްމަދު ޝިފާން
ޝައިޚް ޝިފާންގެ މިބަސްފުޅަކީ މިއަދުގެ ޙާލަތުގައި މިދީބަށް ވަރަށް މުހިންމު ބަސްފުޅެއްކަން ފާހަގަކުރެވެއެވެ. ވަށައިގެން ހުރި ބިޔަ ކަރަތަކުން ރާއްޖޭގައި އޮތް އެއްދީންވަނަތަކަން ނަގާލަން އެމީހުންނަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަމުން ގެންދާއިރު ޢުމަރު މުޚްތާރު رحمه الله ފަދައިން އަމިއްލަ އެދުން ދޫކޮށް ﷲ ތަޢާލާގެ މަގުގައި ޙައްޤު ބަސްބުނެ ދީނާއި ދީބުގެ ދިފާޢުގައި ޖިހާދުކުރަން ކެރޭނެ ފަހުލަވާނުންނަށް ވަނީ އިންތިހާއަށް ބޭނުން ބޮޑުވެފައެވެ.
މިފަދަ ޖިހާދެއްކުރުމުގައި އެންމެ އިސްދައުރެއް އަދާކުރެވެން އޮތީ އިސްލާމިކް މިނިސްޓްރީ އަށާއި ޙޯމް މިނިސްޓްރީއަށެވެ. ޙައްޤަކީ ކޮބައިން ބަޔާންކޮށްދިނުމާއި ރާއްޖެއިން އިސްލާމް ދީން ފުހެލަން ކުރާ މަސައްކަތްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގެ ޒިންމާ އާއި ބާރު އޮތީ އެދެ މިނިސްޓްރީއަށް ކަމަށްވުމުންނެވެ.
ލީބިޔާ އިސްތިޢުމާރު ކުރި އިޓަލީންނާއި ދެކޮޅަށް ދީނާއި ދީބުގެ ދިފާއުގައި ޖިހާދު ކުރެއްވި ސަހަރާގެ ސިންގާ ޢުމަރު މުޚްތާރު رحمه الله ޝަހީދުކޮށްލެވުނުތާ 91 އަހަރު ފާއިތުވެގެންދިޔައިރުވެސް އެބަޠަލުގެ ޒިކުރާ ދެމިގެންވެއެވެ.
— Mohamed Shifan (@abu_auyun) September 16, 2022
ދީނާ ދީބުގެ ދިފާއުގައި ކުރާ މަސައްކަތް ގެއްލިގެން ނުދާނެއެވެ. pic.twitter.com/BGlpjn4aEb