އެންމެ ގިނަ ބައަކު ސުވަރުގެ ވައްދަވާނެ ޢަމަލު – ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
އެންމެ ގިނަ ބައަކު ސުވަރުގެ ވައްދަވާނެ ޢަމަލު – ޙަދީޘުން

އެންމެ ގިނަ ބައަކު ސުވަރުގެ ވައްދަވާނެ ސަބަބު ކަމުގައި ނުވަތަ ޢަމަލުކަމުގައި ޙަދީޘުން ފެންނަން އޮތީ ސުވަރުގެ ޙާޞިލްކުރަންއެދޭ ހަމަ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހައިން ކުރެވޭނެ 2 ކަމެކެވެ.

އަބޫހުރައިރާ ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެން ވެއެވެ.

ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް އާ ސުވާލުކުރެވުނެވެ. "މީސްތަކުން އެކަމެއްގެ ސަބަބުން އެންމެ ގިނައިން ސުވަރުގެ ވައްދަވަނީ ކޮންކަމަކާއި ގުޅިގެންތޯއޭ؟"

ޖަވާބުގައި ހަދީޘްކުރެއްވެވިއެވެ. " އެންމެ ގިނައިން މީހުން ސުވަރުގެ ވެއްދެނީ ﷲ އަށް ތަޤުވާވެރިވުމާއި އަދި ރިވެތި އަޚްލާޤް ގެ ސަބަބުންނެވެ!"

ސުވަރުގެ ވަންތަ ވެރިން ސުވަރުގެ ވަދެވުން އެސިފަތަކެއް އަޅުގަނޑުމެންގެ ކިބައިގައި ހުރެއްޖެކަމުގައިވާނަމަ ﷲ ގެ ރަހުމަތުގެ ގޯތި، ސުވަރުގެ ޙާޞިލްކުރެވޭނެ ވަރަށް ގިނަ ކަންތައްތަކެއް މިދަނީ ހާމަކުރެވެމުންނެވެ.

އެހެންވީމާ މިސިފަތައް ފުރިހަމައަށް އަޅުގަނޑުމެންގެ ކަބައިގާ އަށަގަނެވޭތޯ ގަދައަޅާ މަސައްކަތް ކުރަމާ ހިނގާށެވެ!

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން

މިއަދު އޮންލައިން