އަންހެން ދަރިން ލިބުމުން އަޢުރަ ނިވާނުކުރުވައި ފެޝަނަށް ހެދުން އަޅުވައިގެން ނެރެ ނީލަންކިޔާ މީހުން އެނަގާލަނީ ބެލެނިވެރިން ނަރަކައިން ސަލާމަތްވާން ދެއްވެވި އައްޑަނަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އަންހެން ދަރިން ލިބުމުން އަޢުރަ ނިވާނުކުރުވައި ފެޝަނަށް ހެދުން އަޅުވައިގެން ނެރެ ނީލަންކިޔާ މީހުން އެނަގާލަނީ ބެލެނިވެރިން ނަރަކައިން ސަލާމަތްވާން ދެއްވެވި އައްޑަނަ!

ޖާބިރު ރަޟިއަﷲ ތަޢާލާ އަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރެއްވެވިއެވެ.

"މީހަކަށް ތިން އަންހެން ދަރިން ލިބިއެއަންހެން ދަރިން އިއްފަތްތެރިކަމާއެކުގައި ރަނގަޅަށް އެކުދިން ބަލާބޮޑުކޮށް އެކުދިންނާ ދޭތެރޭގައި އޯގާތެރިކޮށް ކަންތައްކޮށްފިކަމުގައި ވަނީނަމަ އެމީހަކަށް ސުވަރުގެ ވާޖިބުވެއްޖެއޭ! އެމީހަކަށް ސުވަރުގެ ވާޖިބުވެއްޖޭ!

އެހިނދު ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމައަށް ދެންނެވެނީ "މީހެއްގެ ދެއަންހެން ދަރިން ތިބެއްޖެނަމަ ކޮބައިތޯއޭ ހުކުމަކީ؟" ހަދީޘް ރިވާކުރެއްވި ބޭފުޅާ ވިދާޅުވަނީ ބައެއް ސަހާބީން ވިދާޅުވި ކަހަލައޭ އެންމެ އަންހެން ކުއްޖަކު ހުރެއްޖެނަމަ ދެން ކޮބައިތޯއޭ އެކަމުގެ ޙުކުމަކީ ވެސް؟

ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރައްވަނީ "މީހަކަށް އަންހެންދަރިން ލިބި އެކުދިންނާ ދޭތެރޭގައި އޯގާތެރިކޮށް ކަންތައްކޮށް އެކުދިން އިއްފަތްތެރިކަމާއެކީގައި ބޮޑުކޮށް ފިރިއަކާ ހަވާލުކޮށްފިކަމަށްވަނީނަމަ އެކަމުގެ ސަބަބުން އެމީހުންނަށް ނަރަކައިން ސަލާމަތްވުމަށް، ނަރަކައަށް ވަނުމާއި ދޭތެރޭގައި އޮތް ހުރަހަކަށް އެއަންހެން ކުދިން ފުރިހަމަގޮތުގައި ތަރުބިއްޔަތުކުރުން ހިމެނިގެންދާނެ ކަމަށެވެ!"

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން