ސުވާލު:. އަޅުގަނޑުގެ ސުވާލަކީ ފިރިމީހާ 1 ނުވަތަ 2 ޖަހާއިރު އަޔަސް އަނބިމީހާ އިސްތިޤްބާލުގައި ހުންނަންވީތޯ؟ އޭރު އަނބިމީހާވެސް މިހުންނަނީ 3 ، 4 ދަރިން ގޮވައިގެން ތެޅިތެޅި ވަރުބަލި ވެފައި.
ޖަވާބު:. މަޖުބޫރެއް ނޫން، އަނބިމީހާގެ އިޙްސާސް ތަކަށް އިޙްތިރާމް ކުރުމަކީ ފިރިމީހާގެ ޒިންމާއެއް.
ސުވާލު:. އަޅުގަނޑު ފިރިމީހާއާ އަޅުގަނޑާ ދިމާ ނުވާތާ މިހާރު ދޮޅު އަހަރު ވަނީ، އެހެން ވީމަވެސް ކައިވެނި ޞައްޙަ ވާނެތޯ؟ އަޅުގަނޑަށް އިނގިފައި އޮންނަ ގޮތުގައި 3 މަހަށްވުރެ ގިނަ ދުވަހު ދެމަފިރިން ގުޅުން ނުހިންގަންޏާ ކައިވެނި ރަނަޅު ނުވާނެ ކަމަށް ވަނީ، މިކަން އަޅުގަނޑަށް ސާފުކޮއްލަ ދެވިދާނެތޯ؟ އަޅުގަނޑަށް ނޭންގޭ ކަމެއް ވީމައި.
ޖަވާބު:. ދެމަފިރި ކަމުގެ ގުޅުން ނުހިންގާތާ ކިތަންމެ ދުވަހެއް ވީނަމަސް ކައިވެނި ރޫޅިގެނެއް ނުދާނެ.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް