ރަސޫލް ޞޢޥ ނުކުރައްވަވައި ދޫނުކުރައްވަވާ ރަވާތިބު ސުންނަތުގެ 6 ރަކްޢަތަށް ތިބާއަށް ސަމާލުކަން ދެވޭ ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ރަސޫލް ޞޢޥ ނުކުރައްވަވައި ދޫނުކުރައްވަވާ ރަވާތިބު ސުންނަތުގެ 6 ރަކްޢަތަށް ތިބާއަށް ސަމާލުކަން ދެވޭ ހެއްޔެވެ؟

ރަވާތިބު ސުންނަތުގައިވަނީ 12 ރަކްޢަތެވެ. ގަދައަޅައި ަމސައްކަތްކުރަންވީ އެ 12 ރަކްޢަތް ކުރެވޭތޯއެވެ! އެހެންކަމާއިއެކުވެސް އިތުރަށް ނިކަން ވިސްނައިލަމާ ހިނގައިބަލާށެވެ!  

ޢާއިޝަތުގެފާނުގެ އަރިއަހުން ރިވާވެގެންވެއެވެ.  

"ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މެންދުރު ނަމާދުގެ ކުރީގެ 4 ރަކްޢަތާއި ފަތިސް ނަމާދުގެ ކުރީގެ ކުރީގެ 2 ރަކްޢަތް ދޫނުކުރައްވަވަތެވެ!" (ޞަޙީޙް ބުޚާރީ: 1182)  

ރަވާތިބު ސުންނަތުގައި ހިމެނޭ 12 ރަކްޢަތް ކުރުން މަތީގައި ދެމިހުންނާށެވެ! ޖަމާޢަތް ފަށާތީ އިހު ސުންނަތް ނުކުރެވިއްޖެނަމަ ޤަޟާއަށް ނަމަވެސް ކުރާށެވެ. ސުވަރުގެއިން ގަނޑުވަރަކަށް އުންމީދުކުރާށެވެ! 

މަސައްކަތް ކިތަންމެ ބުރަ ނަމަވެސް ރަވާތިބު ސުންނަތް ދޫނުކުރާށެވެ! އަވަދިނެތި އުޅެގެން ކިތަންމެ ބޮޑު، ކިތަންމެ ފުރިހަމަ ގެއެއް ދުނިޔޭގައި އެޅި ނަމަވެސް އެގެ އަޅައި ނިމޭތަނުންވެސް ނުކުމެ ކައްވަޅަށް ދާންޖެހިދާނެއެވެ. ސުވަރުގޭގައި އަޅާގެއިން ނުކުންނަން ދުވަހަކުވެސް ނުޖެހޭނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން