މިހާރަކަށް އައިސް ގިނަ ބައަކަށް މިތިބީ ކެންސަރަށްވުރެ މާނުރައްކައުތެރިކަން ބޮޑު ބައްޔެއް ޖެހިފައެވެ. އެއީ ދުނިޔޭގެ އެދުންތަކަށް ދަހިވެތިވެ ބޭނުންތައް އިތުރުވުމެވެ!
ދުނިޔޭގެ އެދުންތަކަށް ދަހިވެތިވެ ބޭނުންތައް އިތުރުވުމަކީ މީހަކަށް ޖެހޭނެ އެންމެ ނުރައްކާތެރި ބައްޔެވެ! މިބަލި ފަތުރާ ޝައިޠޯނާއަށް މިބަލި ޖެއްސުވެނީ އީމާން ކަމުގެ ވެކްސިން ފުރިހަމަ ނުވާ މީހުންނަށެވެ.
ގިނަ މީހުންނަށް ނަރަކައަށް ވަންނަންޖެހެނީ އެ ބަލީގައެވެ! ވީމާ އީމާންކަމުގެ ވެކްސިން ފުރިހަމަކުރަން ގަދައަޅައި މަސައްކަތްކުރާށެވެ.
އެބަލީގެ އެންމެ ބާރުގަދަ ވެކްސިނަކީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރުމެވެ. ވީމާ ޛިކުރުކުރުން ގިނަކުރާށެވެ! ބިސްމިﷲ ކިޔުމަކީ ކޮންމެ ކަމެއް ކުރަން ފެށުމުގެކުރިންވެސް ކުރާ ކަމަކަށް ހަދާށެވެ! ތައުފީޤް ދެއްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން