މަރުވުމުން ލަވައާ މިޔުޒިކާ ގުޅުވައިގެން އޭނާގެ ނަން ބޭނުން ނުކުރުމަށް ޢަލީ ރަމީޒް އެދިލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
މަރުވުމުން ލަވައާ މިޔުޒިކާ ގުޅުވައިގެން އޭނާގެ ނަން ބޭނުން ނުކުރުމަށް ޢަލީ ރަމީޒް އެދިލައްވައިފި

މަރުވުމުން ލަވައާއި މިޔުޒިކާއި ގުޅުވައިގެން އޭނާގެ ނަން ބޭނުން ނުކުރުމަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ޢަލީ ރަމީޒް އެދިލައްވައިފި އެވެ. 

ޢަލީ ރަމީޒް މިފަދަ ބަސްފުޅެއް ވިދާޅުވެފައި އެވަނީ އޭނާއަކީ ކުރިން ލަވައާއި މިޔުޒިކްގެ ދާއިރާއިން މަޝްހޫރު ބޭފުޅަކަށްވުމުންނެވެ. ޢަލީ ރަމީޒް ވަނީ އެއިރު ވިދާޅުވެވިފައިވާ ލަވަތައް ދައުރުނުކުރަންވެސް އެދިވަޑައިގެންފައެވެ. 

ޢަލީ ރަމީޒްވަނީ އެކަންކަން މުޅިން ދޫކޮށްލައްވައިފައެވެ. މިއަދު އޭނާގެ ރަން އަޑު ބޭނުންކުރައްވަނީ ބަންގިގޮވުމަށާއި ޤުރްއާން ކިޔަވައި މަދަޙަ ކިޔުމަށާއި އަދި ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން މީހުންގެ ހޭލުންތެރިކަން އިތުރުކުރައްވަން މަސައްކަތްކުރެއްވުމަށެވެ. 

މާތް ﷲ ޢަލީ ރަމީޒަށް ދެދުނިޔޭގައިވެސް ކާމިޔާބީ މިންވަރުކުރައްވަވާށި! އޭނާގެ މަސައްކަތުގައި ބަރަކާތް ލައްވަވާށި! އާމީން 

"Alhugandu maru wumun, ekamuge khabaru ehen meehunnah engumuge gothun “Kureege lavakiyuntheriyaa” nuvatha lava aai music ah nisbaiy koh Alhuganduge khabaru iulaanu nukurumah enmehai beyfulhunnah vasiyyaiy kurameve.”: Ali Rameez

މިއަދު އޮންލައިން