އަނބިމީހާ ފިރިމީހާއަށް އެކަށީގެންވާ ލޯތްބާ އަޅާލުން ނުދެންޏާ ފާފަވެރި ވާނެތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
އަނބިމީހާ ފިރިމީހާއަށް އެކަށީގެންވާ ލޯތްބާ އަޅާލުން ނުދެންޏާ ފާފަވެރި ވާނެތޯ؟

ސުވާލު:. އަނބިމީހާ ފިރިމީހާއަށް އެކަށީގެންވާ ލޯތްބާ އަޅާލުން ނުދެންޏާ ފާފަވެރި ވާނެތޯ؟  

ޖަވާބު:. ދެމަފިރިންކުރެ އެކަކުވެސް އޭނާގެ ފަރާތުން ދޭންޖެހޭ ޙައްޤުތައް ދިނުމުގައި ފަރުވާކުޑަކޮށްފިނަމަ ފާފަވެރިވާނެ.  

- ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް  

ކުޑަކުޑަ ސުވާލެކެވެ. ކުރުނަމަވެސް ވަރަށް ބޮޑު ޖަވާބެކެވެ. އެހެނީ ކައިވެނިކުރުމަށްފަހު ދޭންޖެހޭ ލޯތްބާއި އަޅާލުން ދިނުމަކީ ދެމީހުންނަށްވެސް ކުރަންޖެހޭނެ ކަމެކެވެ. އެކަމުގައި އެއްވެސް މީހަކު އިސްތިސްނާއެއް ނުވެއެވެ. ދެމީހުންވެސް ހަމަ ހަމަހަމައެވެ.  

ވިސްނައިލުން އެންމެ މުހިންމު އަނެއްކަމަކީ ތިމާއަށް ބޭނުންވާ ލޯތްބާއި އަޅައިލުން ލިބޭނީ ތިމާވެސް އަނެކާއަށް ލޯތްބާއި އަޅައިލުން ދިންވަރަކުން ކަމެވެ. އެކަން ދެމަފިރިންވެސް ޤަބޫލުކޮށް ޢަމަލުކުރާނަމަ ދެމީހުންވެސް ތިބޭނީ އުފަލުގައެވެ.

 

މިއަދު އޮންލައިން