ޝަރުތުތަކަކާއެކު ޝެއިހް ނިޝާން ބަންދުން ދޫކޮށްލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 33ސ
ޝަރުތުތަކަކާއެކު ޝެއިހް ނިޝާން ބަންދުން ދޫކޮށްލައިފި

ޝަރުތުތަކަކާއެކު ކްރިމިނަލް ކޯޓުން ޝެއިހް ނިޝާން ބަންދުން ދޫކޮށްލައިފިއެވެ.

ޝައިހް ނިޝާން ބަންދުން ދޫކޮށްލީ އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ކޯޓުން ޝައިހް ނިޝާން ދޫކޮށްލަން ނެރުނު އަމުރުގައި އޭނާގެ މައްޗަށް ވަނީ ޝަރުތުތަކެއް ކަނޑައަޅާފައެވެ. އޭގެތެރޭގައި މާލެ އިން ބޭރަށް ދިއުން މަނާ ކުރުން ހިމެނެއެވެ. އޭގެ އިތުރުން ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެންގުމަށާއި ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އަންގައިފިނަމަ ހާޒިރުވުމަށް ވެސް ކޯޓުން ވަނީ ޝައިހް ނިޝާނަށް ޝަރުތުކޮށްފައެވެ.

ޝެއިހް ނިޝާން ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. 

މިއަދު އޮންލައިން