"ގެރި މަސް ކެއުން ހަރާމް ނުވޭތޯ. ގެރި އަކީ ހިންދޫ ދީނުގެ މީހުން ސީދާ އެއަށް އަޅުކަން ކުރާ އެއްޗަކައް ވާއިރު، ޔޯގާ ހަރާމް ވިފަދައިން ގެރި މަސް ކެއުން ހަރާމް ނުވޭތޯ ؟"
މިސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ޖަވާބު:
"ހިންދޫން ގެރިމަހެއް ނުކާނެ! އެމީހުން ގެރިއަށް އަޅުކަން ކުރާނީ! އެޔާއި ޚިލާފަށް މުސްލިމުން ގެރިޔަށް އަޅުކަމެއް ނުކުރާނެ! އޭގެ މަސްކެއުން ﷲ ޙަލާލު ކުރައްވާފައިވާތީ އެކަން އެގޮތަށް ބަލައިގަންނާނެ."
- ޑރ. އިޔާޟް
ދިވެހިބަހުގެ އުސްތާޛް އަބްދުލްކަރީމް ދެއްވި ޖަވާބު:
"ސުވާލުގަ އެވަނީ އިންސާނުން ގެރިމަސް ކައިއުޅުމުގެ ވާހަކައެއް ނޫނެވެ. ގެރި މަސް ކެއުމުގެ ވާހަކައެވެ. އިންސާނުން ގެރިމަސް ކެއުމާއި ގެރި މަސް ކެއުމަކީ މުޅިން ތަފާތު ދެކަމެކެވެ. ގެރިއަށް އެއްވެސް ބާވަތެއްގެ މަހެއް ކެއުން ޙަރާމްވެގެންވާކަން އެނގިފައެއް ނެތެވެ."
- އުސްތާޛް ޢަބްދުލްކަރީމް
ހިންދޫން ގެރިމަހެއް ނުކާނެ. އެމީހުން ގެރިއަށް އަޅުކަން ކުރާނީ. އެޔާއި ޚިލާފަށް މުސްލިމުން ގެރިޔަށް އަޅުކަމެއް ނުކުރާނެ. އޭގެ މަސްކެއުން ﷲ ޙަލާލު ކުރައްވާފައިވާތީ އެކަން އެގޮތަށް ބަލައިގަންނާނެ. https://t.co/jebOyn0FhH
— Dr.Mohamed Iyaz (@dr_iyaz) July 29, 2022