ބުދަށް ސަޖިދަ ޖަހައިގެން އޮވެ ތިމަންނާ މިކަން މިކުރަނީ ޝިރްކަށް ނުވާގޮތަށޭ ބުނިނަމަވެސް އެކުރެވެނީ ހަމަ ޝިރްކު.: ޑރ. އިޔާޟް
"ދަންނާށެވެ! خالص ވެގެންވާ دين ވަނީ اللَّه އަށެވެ. އަދި އެކަލާނގެ ފިޔަވައި އެހީތެރިންތަކެއް ހިފިމީހުން ބުނޫއެވެ. اللَّه ގެ حضرة އަށް ތިމަންމެން ކުއްތަންކޮށްދިނުމަށްމެނުވީ، ތިމަންމެން އެތަކެއްޗަކަށް (އެބަހީ: ބުދުތަކަށް) އަޅުކަމެއް ނުކުރަމުއެވެ. ހަމަކަށަވަރުން، އެއުރެން އެކަމާމެދު خلاف ވެގެންއުޅޭ ކަންތަކާދޭތެރޭގައި اللَّه، އެއުރެންގެ މެދުގައި حكم ކުރައްވާނެތެވެ. ހަމަކަށަވަރުން، ދޮގުހަދާ كافر އަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ." އައްޒުމަރު: 3
ހަމަ މިމޭރުމުން ޝައިޚް ޢަލީ ޒައިދުވެސް ވަނީ ބަޔާންކުރައްވައިފައެވެ.
"ކަސްރަތަކަށް ގޮސް ބުދަކަށް ސަޖިދަ ޖަހާ، ރުކޫޢުކޮށެއް ނެހެދޭނެ. ހަމައެގޮތަށް އިރުގެ ކަލާނގެއާއި ގުޅުންނެތްގޮތަށް ޔޯގާ އެއް ނެހެދޭނެ. ގުޅުން ނެތްގޮތަށް ހަދައިފިނަމަ އެއަކަށް ޔޯގާއެކޭވެސް ނުކިޔޭނެ. އޭރުން އެ ކަމަށް ކިޔާނީ ކަސްރަތޭ. ޔޯގާއެކޭ ނޫން. ކަސްރަތު ހުއްދަ. ހިނދޫ ޔޯގާ ޙަރާމް": ޝައިޚް ޢަލީ ޒައިދު.