ޝައިޚް ފާޔިޒަކީ ގުއަންޓަނަމޯބޭ ޖަލުގައި 14 އަހަރު ދުވަސް ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ކުވައިތުގެ ޝައިޚެކެވެ. ލިބިވަޑައިގަންނަވަމުން ދިއަ އަނިޔާތަކާއި ތަކްލީފްތަކާއިއެކު ދެއްކެވި ހިތްވަރުފުޅު ގަދަކަމުން ޖަލުގެ ގާޑުން ޙައިރާންކުރުވިއެވެ. އެމީހުންގެ ރަޙުމާއި ހަމްދަރުދީ ލިބިވަޑައިގެންނެވިއެވެ.
އަދި ކީއްހެއްޔެވެ؟ ޝައިޚުގެ ސަބަބުން ކީރިތި ޤުރްއާނަކީ ކިހައި ބާރުގަދަ އެއްޗެއްކަން ގާޑުންނަށް ޔަޤީންކުރެވިގެންދިއައެވެ. އެދަތިޙާލުކޮޅުގައިވެސް ރޯދަ ހިއްޕެވިއެވެ. އަޅުކަންކުރެއްވިއެވެ. އެހެން ޤައިދީންނަށް ދިން އުނގަންނަވައިދެއްވެވިއެވެ. ހިތްވަރުދެއްވެވިއެވެ. ވިދާޅުވަމުން ގެންދެވީ އަޅޫކަން ކުރެއްވުމުން ހުރިހާ އަނިޔާތަކާއި ތަކްލީފްތައް ލުއިވެގެންދާ ކަމަށެވެ.
ޝައިޚް ފާޔިޒް ހައްޔަރުކުރީ ދައުވާ ދެއްވާތީއެވެ. މިނިވްންވެވަޑައިގަތުމަށްފަހު މިހާރު ޝައިޚް ފާޔިޒަކީ މިސްކިތެއްގެ އިމާމެކެވެ. ވަގުތުތައް ހޭދަކުރައްވަނީ މީސްތަކުންނަށް ދީން އުނގަންވައިދެއްވުމަށެވެ. ދަޢުވާ ދެއްވަމުން ގެންދަވަނީއެވެ. 14 އަހަރު ދުނިޔޭގެ އެންމެ އަނިޔާވެރި ޖަލު، ގުއަންޓަނަމޯބޭ ޖަލުގައި ބަހައްޓައިގެން ކުރި އަނިޔާއިން ލިބިވަދައިގެންނެވީ އިތުރު ހިތްވަރުފުޅެވެ.
ޔަޤީންވެގެން މިދަނީ ދޭ އަނިޔާއަކުން އީމާންކަން ގުޑުވައި ނުލެވޭނެ ކަމެވެ. ދުޢާއަކީ ރާއްޖޭގެ ސަރުކާރުން ބަންދުކޮށްގެން ގެންގުޅޭ ޝައިޚް ފަޒްލޫނަށާއި ޝައިޚް އާދަމް ނިޝާނަށްވެސް މިފަދައިން އީމާންކަމުގައި ސާބިތުކަން ދެއްވެވުމެވެ. އާމީން
ގުޅުންހުރި ޔޫޓިޔުބް:
ގުޅުންހުރި ލިޔުމެއް:
https://www.kuna.net.kw/ArticleDetails.aspx?id=2461037&language=en