އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުޙަބާކިޔުމަކީ ލަދުވެތިކަމެއް! އެކަން ކުރުމުގެކުރިން 2 ފަހަރަށް ވިސްނަން ޖެހޭނެ!: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުޙަބާކިޔުމަކީ ލަދުވެތިކަމެއް! އެކަން ކުރުމުގެކުރިން 2 ފަހަރަށް ވިސްނަން ޖެހޭނެ!: ޝައިޚް ޢަލީ ޒައިދު

އެއްޖިންސުން ގުޅުން ހިންގާ މީހުންނަށް މަރުހަބާ ކިޔާ ހެދުމަކީ ލަދުވެތި ކަމެއް ކަމަށާއި އެކަހަލަ ވިޔާނުދާ ކަންކަން ކުރުމުގެ ކުރިން ރަށްރަށުގެ ބޭފުޅުން ދެ ފަހަރަށް ވިސްނަންވާނެ ކަމަށް ސާބިތުކަމާއިއެކު ޙައްޤު މަގު ބަޔާންކުރައްވަމުން ގެންދަވާ މަދު ދީނީ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ. 

ޝެއިޚް މިފަދައިން ވިދާޅުވެފައިމިވަނީ މަޝްހޫރުކަމަށްބުނާ ނެށުންތެރިޔާ މަރިޔަމް ޝިފާ، އަޟްހާ އީދުގެ ކުޅިވަރުތަކުގައި ބައިވެރިވުމަށް ކ. ދިއްފުއްޓަށް ދިއުމުން އެ ރަށުގެ ގިނަ ބައަކު އޭނާއަށް މަރުހަބާ ކިޔުމާ ގުޅިގެންނެވެ.

އެއްޖިންސުން ގުޅުން ހިންގާ މީހުންނާމެދު ފިޔަވަޅު އެޅުމުގައި މިއަދުގެ ސަރުކާރު ފޭލްވެފައިވާކަންވެސް ޝައިޚް ވަނީ ފާހަގަކުރައްވައިފައެވެ.

މިއަދު އޮންލައިން