ސުވާލު: ޢީދު ދުވަހު ޢީދު ނަމާދުގެ ކުރިން ކުރަންޖެހޭ ފަރުޟު ނަމާދަކީ ކޮބާ؟
ސުވާލުގެ ޖަވާބު ލިޔުމުން ލިބޭނެ:
އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް ޢީދު ދުވަހު އެންމެ ބޮޑަށް ސަމާލުކަން ދެވެނީ ޢީދުނަމާދަށް ދިއުމަށެވެ. ނަމަވެސް އެއިގެ ކުރިން ކުރަންޖެހޭ ފަރުޟު ނަމާދެއްވެއެވެ. އެއީ ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ފަތިސްނަމާދެވެ.
ބޭރުގެ ބައެއް ބޮޑެތި ޢިލްމުވެރިން ޢީދު ނަމާދު ކުރައްވަން ފެށްޓެވުމުގެ ކުރިން ފަތިސް ނަމާދު އަދާއަށް ނުކުރެވިތިބި މީހުންގެ ކިބައިން ފަތިސްނަމާދު ޤަޟާކުރަން ވިދާޅުވެ އެކަމަށް ވަގުތުވެސް ދެއްވަވައެވެ. އެއީ ފަރުޟު ނަމާދު އަދާކުރުމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ނަމަވެސް ރާއްޖޭގައި މިކަމަށް ސަމާލުކަމެއް ނުދެއެވެ.
އެހެންކަމުން ޢީދު ދުވަސް ފަށަނީ ފަތިސްނަމާދުން ކަމުގައި ހަދާށެވެ. ފަތިސްނަމާދަށް ނުހޭލެވިއްޖެނަމަ ޢީދުނަމާދުގެކުރިން ޤަޟާކުރަން މަސައްކަތްކުރާށެވެ. އިސްކަންދޭންޖެހޭނީ ފަރުޟުނަމާދަށެވެ. ޢީދު ނަމާދަކީ ސުންނަތް ނަމާދެކެވެ.