ޙައްޖަށް ފުރުމުގެ ކުރިން ތިމާގެ ފަރާތުން އެހެންމީހަކަށް އަނިޔާއެއް ދެރައެއް ލިބޭނަމަ އެކަން ނިމުމަކަށް ގެނައުމަކީ ދިވެހިންގެ ތެރޭގައި އޮންނަ ރިވެތި ޞިފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޙައްޖަށް ފުރުމުގެ ކުރިން ތިމާގެ ފަރާތުން އެހެންމީހަކަށް އަނިޔާއެއް ދެރައެއް ލިބޭނަމަ އެކަން ނިމުމަކަށް ގެނައުމަކީ ދިވެހިންގެ ތެރޭގައި އޮންނަ ރިވެތި ޞިފައެއް!

"ޙައްޖަށް ފުރުމުގެ ކުރިން މީހުންގެ ގާތުން މާފަށް އެދުމާއި ތިމާގެ ފަރާތުން އެހެންމީހަކަށް އަނިޔާއެއް ދެރައެއް ލިބޭނަމަ އެކަން ނިމުމަކަށް ގެނައުމަކީ ދިވެހިންގެ ތެރޭގައި އޮންނަ ރިވެތި ޞިފައެއް". ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ފުލުހުންގެ އެންމެ މަތީ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ. ފުލުހުންގެ ކުށެއް ސާބިތުކޮށް ނުދެވި ބަންދުގައި މީހުން މައިތިއްބާނަމަ އެކަމުގެ ޒިންމާ ﷲ ގެ ޙަޟްރަތުގައި އުފުއްލަވަން ޖެހިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. 

އިތުރު ތަފްޞީލު ދެއްވާފައި ނުވިނަމަވެސް ޑރ. އިޔާޟްގެ ބަސްފުޅު އަމާޒުކުރައްވަނީ ރައީސް ޞާލިޙަށް ކަމާއި އެމޭރުމުން އެވިދާޅުވީ ސާބިތު ހެއްކެއް ނެތި ދީނީ ޢިލްމުވެރިންގެ ބޮލުގައި ތުހުމަތު އަޅުވައި ބަންދުގައި ގެންގުޅެމުން އަންނަ މައްސަލައިގައިކަމަށް ބެލެވެއެވެ. ޑރ. އިޔާޟް މިރޭވެސް ވިދާޅުވީ ފުލުހުން ދައްކާ ވާޖހަކައިގައި މައްސަލައެބަހުރި ކަމަށެވެ. އަދި މުއްދަތުޖަހައިދޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. 

މިހާރުބެލެވޭ ގޮތުން ޝައިޚް އާދަމް ނިޝާންގެ ބަންދަށް 7 ދުވަސް، 3 ދުވަސް، 13 ދުވަސް މިގޮތޔަސް ޖަހައިދެމުން މިގެންދަނީ ވާނުވާ ޖަހައިފިނަމަ ރުޅިގަދަވާނެ ބައަކު ތިބޭނެތީ އޮޅުވައިލުމެއްގެ ތެރެއިން މުއްދަތު އިތުރުކުރުމަށް ކަމަށް ގިނަބައަކު ދެކެއެވެ. 

މިއަދު އޮންލައިން