"ޔޫތު މިނިސްޓްރީން ބުނި އެމީހުން ޝިރުކުގެ ގޮވެލިފަތްޗެއް ނުގޮވާނޭ އެކަންކުރާއިރު" އިސްލާމިކް މިނިސްޓަރު މިހެން ވިދާޅުވީ އަޑު ނުލައްވާނަމަ ޝިރުކުކުގެ ޢަމަލުކުރުން ހުއްދަވާތީތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
"ޔޫތު މިނިސްޓްރީން ބުނި އެމީހުން ޝިރުކުގެ ގޮވެލިފަތްޗެއް ނުގޮވާނޭ އެކަންކުރާއިރު" އިސްލާމިކް މިނިސްޓަރު މިހެން ވިދާޅުވީ އަޑު ނުލައްވާނަމަ ޝިރުކުކުގެ ޢަމަލުކުރުން ހުއްދަވާތީތޯ؟

އިސްލާމިކް މިނިސްޓަރު "ޔޫތު މިނިސްޓްރީން ބުނި އެމީހުން ޝިރުކުގެ ގޮވެލިފަތްޗެއް ނުގޮވާނޭ އެކަންކުރާއިރު" ވިދާޅުވި އަޑު އެހިންކަމަށްބުނާ މީހުން އެބަތިއްބެވެ! އެހެންކަމަށްވާއިރު އެވިދާޅުވީ ޝިރުކުގެ ޢަމަލުތަކާއި ޙަރާމް ކަންކަން ކުރާއިރު އަޑެއް ނުލައްވާނަމަ އެކަންކުރުން ހުއްދަވާނެ ކަމަށްތޯއެވެ؟ 

މިކަމާއި ގުޅިގެން ޢިލްމުވެރިއަކު ވިދާޅުވިއެވެ. "އެހެންކަމަށްވާނަމަ ފައްޅިތަކަށްވަދެ އަނގަ ބަންދުކޮށްގެންހުރެ އެމީހުންކުރާ ކަންކަމުގައި ބައިވެރިވެވޭނެތާއެވެ؟ އަޑެއް ނުލައްވައި ވައްކަމާއި ޒިނޭވެސް ކުރެވޭނެތާއެވެ؟"

"ﷲ ތަޢާލާ ގަންދީ ބުނަމެވެ. އަނގަމަތީގައި ޓޭޕްއަޅައި ބަންދުކޮށްގެންހުރެ ކުރިނަމަވެސް ޝިރުކުގެ ޢަމަލެއް ވާނީ ހަމަ ޝިރުކުގެ ޢަމަލަކަށެވެ. ޙަރާމްކަމެއް ވާނީ ހަމ ޙަރާމްކަމަކަށެވެ. އަޑެއް ނުލެއްވުމަކުން އެކަމުގެ ޙުކުމަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. އަދި ކީއްހެއްޔެވެ؟ އަޑު ނުލައްވައި ނަމަވެސް ޝިރުކުގެ ޢަމަލެއް ހިންގަން ފުރުޞަތު ދީފިނަމަ އަޑުލައްވައިގެންވެސް ހިންގާނެއެވެ. ކާފިރުން ޝިރުކުގެ ޢަމަލުތައް އިސްލާމީ ޤައުމުތަކުގައި ފަތުރަނީ ވަރަށް ހޭލުންތެރިވެ ތިބެގެންނެވެ." މިފަދައިންވެސް ޢިލްމުވެރިން ވިދާޅުވެއެވެ. 

އިސްލާމިކް މިނިސްޓްރީގެ އިސް އެއްވެސް ބޭފުޅަކު މިއަދުނޫހުގެ ސުވާލުތަކަށް ޖަވާބު ނުދެއްވާތީ ވަޒީރުގެ ބަހެއް ލިބިފައެއް ނުވެއެވެ. 

މިއަދު އޮންލައިން