އެއްޖިންސުން ގުޅުން ހިންގުމުގެ ފާޙިޝް ޢަމަލު ބައެއް ޤައުމުތަކުގައި ހުއްދަކުރެވި އެކަން ފާޅުވެ ފެތުރުން
ހުޅަނގުގެ ޤައުމުތަކުގައި އެއްޖިންސުން ގުޅުން ހިންގުމުގެ ފާޙިޝް ޢަމަލު ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ފެތުރި ޢާންމުވެފައެވެ. އެއްޖިންސުން “ކައިވެނިކުރުން” އެންމެ ފުރަތަމަ ހުއްދަކުރީ 2000 ވަނަ އަހަރުއެވެ. އެ އަހަރު ނެދަލޭންޑްސްގައި އެއްޖިންސުން “ކައިވެނިކުރުން” ހުއްދަކޮށް ޤާނޫނެއް ފާސްކުރިއެވެ. އޭގެ ފަހުން ފަހުން ޔޫރަޕާއި އެމެރިކާގައި ފަހަރަކު ޤައުމަކުން އެކަން ހުއްދަކުރާ ޤާނޫނުތައް ފާސްކުރަން ފެށިއެވެ.[1]
މިބައިމީހުން މި މުޑުދާރު ޢަމަލު ރީތިކުރުމަށް ގެންގުޅޭ ނިޝާނަކީ ވިއްސާރަދުނީގެ ކުލަތަކެވެ. އަދި ކޮންމެ އަހަރެއްގެ ޖޫން މަސް “pride month” ގެ ގޮތުގައި މިބައިމީހުން ފާހަގަކުރެއެވެ. ރީތި ނަމެއް ކިޔާ، މޮޅުކަމެއް ގޮތުގައި ދައްކަން މަސައްކަތްކުރިޔަސް، މިއީ ހުތުރުކަން ބޮޑު، ފާޙިޝް ޢަމަލެކެވެ. “ފަޚުރެއް” ކަމަށް ބުނެ މިއަދު ޢާންމުން ތެރެއަށް ނުކުތަސް، ޙިސާބު ބައްލަވާ ދުވަހު، މަޙްޝަރު ބިމުގައި، ﷲ ގެ ޙަޟްތަރުގައި ފަޚުރުވެރިވަމޭ ބުނެވޭނެ ހެއްޔެވެ؟
1981 ވަނަ އަހަރު ވައިރަސްއަކުން ޖެހޭ ނުރައްކާތެރި ބައްޔެއް ހުޅަނގުގެ ޤައުމުތަކުގައި ފެތުރެން ފެށިއެވެ. އެއީ މިހާރުވެސް ދުނިޔޭގައި ނުރައްކާތެރި ވައިރަސްއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ HIV ވައިރަސްއެވެ. ދިރާސާތަކުން ދައްކާގޮތުގައި އެ ޤައުމުތަކުގައި މި ބަލި ފުރަތަމަ ފެތުރެން ފެށީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ މެދުގައެވެ. އެގޮތުން މިހާތަނަށް އައި އިރު އެއްޖިންސުން ގުޅުން ހިންގާ އެތައް ހާސް ބަޔަކަށް މިބަލި ޖެހި، އޭގެ ތެރެއިން އެތައް ހާސް ބަޔަކު މަރުވެސް ވެއްޖެއެވެ. [2] އަދި މިފަހުން ހުޅަނގުގެ ޤައުމުތަކުގައި ފެތުރެން ފަށާފައިވާ މަކުނުވިދުރި (monkeypox) ވެސް ގިނައިން ފެތުރެނީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރޭގައިކަމަށް އެ ޤައުމުތަކުން ބުނެފައިވެއެވެ. [3] މިއީ އަޅުގަނޑުމެން ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
«لَمْ تَظْهَرِ الْفَاحِشَةُ فِي قَوْمٍ قَطُّ، حَتَّى يُعْلِنُوا بِهَا، إِلَّا فَشَا فِيهِمُ الطَّاعُونُ، وَالْأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلَافِهِمُ الَّذِينَ مَضَوْا». [رواه ابن ماجه (4019)، وحسنه الألباني في سلسلة الأحاديث الصحيحة (106)]
މާނައީ: "އެއްވެސް ޤައުމެއްގައި ފާޙިޝުކަންތައްތައް ޢާންމުވެ ފާޅުވާ ހިނދު، އެތަނުގައި ޠާޢޫނާ އަދި މީގެ ކުރީގެ އުންމަތްތަކުގައިވެސް ނުވާފަދަ ބަލިތައް ފެތުރިގެން ދާނެއެވެ."
ލިވާޠުގެ ޢުޤޫބާތް
މިހުރިހާ ސަބަބުތަކަށްޓަކައި އިސްލާމީ ޝަރީޢަތުގައި މި ޖަރީމާއަށް ކަނޑައަޅުއްވާފައިވަނީ ވަރަށް ބިރުވެރި ޢުޤޫބާތެކެވެ.
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
«مَنْ وَجَدْتُمُوهُ يَعْمَلُ عَمَلَ قَوْمِ لُوطٍ فَاقْتُلُوا الفَاعِلَ وَالمَفْعُولَ بِهِ». [رواه الترمذي (1456)، وصححه الألباني في إرواء الغليل (2350)]
މާނައީ: ” ލޫޠުގެފާނުގެ ޤައުމުގެ މީހުންކުރި ޢަމަލު ކުރާމީހަކު ފެނިއްޖެނަމަ އެކަންކުރިމީހާއާއި ކުރެވުނުމީހާ ޤަތުލުކުރާށެވެ."
އެއީ ރުހިގެން އެކަން ކޮށްފިނަމަ އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ޢުޤޫބާތެވެ. [4]
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.
«لَعَنَ اللهُ مَنْ عَمِلَ عَمَلَ قَوْمِ لُوْطٍ» [رواه ابن ابن حبان في صحيحه (4417) وصححه الألباني في صحيح الترغيب والترهيب (2421)]
މާނައީ: "ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ ޢަމަލުކުރާމީހާއަށް ﷲ ލަޢުނަތް ލެއްވިއެވެ."
ހަމަކަށަވަރުން މިއީ ރައްބާނީ ޝަރީޢަތެވެ. އަދި ޙަކީމުވަންތަ އިލާހުގެ ޙައްދެވެ. މިކަމުން ފެތުރިފާޅުވެފައި މިވާ ޖަރީމާގެ ބޮޑުކަން މީސްތަކުންނަށް އަންގައިދެއެވެ.
އޭ ﷲ ގެ އަޅުތަކުންނޭވެ! ތައުބާވާށެވެ. ގަދަފަދަވެގެންވާ ޢަޛާބެއް އައުމުގެ ކުރިން ﷲ ގެ ޙަޟްރަތަށް ރުޖޫޢަވާށެވެ.
اللهم طهر قلوبنا يا رب العالمين، اللهم طهر مجتمعاتنا من المنكرات يا أرحم الراحمين، اللهم اجعل بلادنا عامرة بذكرك، مقبلة على دينك، مطبقة لشريعتك.
اللهم نسألك فعل الخيرات، وترك المنكرات، وحب المساكين، اجعلنا في بلادنا آمنين مطمئنين، ومن أراد بلدنا وعقيدتنا بسوء فامكر به، واجعل كيده في نحره.
މިއީ އައްޝައިޚް މުޙައްމަދު ޞާލިޙު އަލްމުނައްޖިދު -حفظه الله- ދެއްވާފައިވާ ޚުޠުބާއެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.
____________________________
[1] https://www.pewresearch.org/religion/fact-sheet/gay-marriage-around-the-world/
[2] https://www.ncbi.nlm.nih.gov/pmc/articles/PMC2870809/
[3] https://www.cdc.gov/poxvirus/monkeypox/response/2022/index.html
ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ލިވާޠުގެ ޢަމަލު ހިންގާ މީހާގެ ޙުކުމަކީ ޒިނޭގެ ޙައްދެވެ. އެހެނަސް ލިވާޠުގެ ޢަމަލު ހިންގާ މީހާ ޤަތުލުކުރުމާމެދު ޞަޙާބީ ބޭކަލުންގެ މެދުގައި ޚިލާފެއް ނެތެވެ. އެބޭކަލުން ޚިލާފުވެފައިވަނީ ޤަޠުލުކުރާނެ ގޮތަކާ މެދުގައެވެ. އެގޮތުން މިކަމުގައި އިބްނު ޢައްބާސް رضي الله عنهما ގެ ބަސްފުޅަކީ އެރަށުގައި ހުރި އެންމެ އުސް ތަނަށް އަރުވާފައި އެ ތަނުން ވައްޓާލައި މަތިން އޭނާގެ މައްޗަށް ހިލަތަކެއް އުކުމެވެ. އެއީ ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ މައްޗަށް ފޮނުވުނު ޢަޛާބާ އެއްގޮތަށެވެ. އަދި ބައެއް އެހެން ޞަޙާބީ ބޭކަލުންގެ އަރިހުން އެފަދަ މީހުން މަރާނެ ގޮތާމެދު އެހެން ބަސްފުޅެއްވެސް ވާރިދުވެފައިވެއެވެ. (ބައްލަވާ: الشرح الممتع للعثيمين (14 / 243)).
މަސްދަރު: ދިސަލަފިއްޔާ