ބައެއް މީހުން ހުކުރަށް ނުވަތަ އެނޫން ނަމާދުތަކަށްވެސް ކުރިން މިސްކިތަށްދިއުމަށްފަހު އިންތަނުގައި އެއްޗެއް ބާއްވާފައި ނުކުމެގެން އެބަދެއެވެ. އަދި އެކަމަކީ ހުއްދަކަމެއްތޯ ބައެއް މީހުން ސުވާލުކުރެއެވެ.
އެކަން ހުއްދަވާނީ ފާޚާނާކުރަން، ވުޟުކުރަން ނުވަތަ ކޮންމެހެން ކުޑައިރުކޮޅަކަށް މިސްކިތުން ފައިބަން މަޖުބޫރުވާފަދަ ޙާލަތްތަކުގައެވެ. އަމިއްލަ ބޭނުންތައް ފުއްދުމަށް ފައިބައިގެންދާނަމަ ހުއްދައެއް ނުވާނެއެވެ. އެހެނީ މިސްކިތުގެ ޖާގައަކީ ކުރިއާލައި ނަމާދަށްދާ ބައެއްގެ ޙައްޤެކެވެ. މިތަނުގައި ނަމާދަށް ދިއުން މާނަކުރެވެނީ ނަމާދުކުރުމުގެ ބޭނުމުގައި މިސްކިތުގައި މަޑުކުރަންދާ ދިއުމަށެވެ.
ހަމައެއާއިއެކު އެހެން މީހަކަށްޓަކައި ޖާގަހިފަހައްޓައިދިނުމެއްވެސް ނެތެވެ. މިސްކިތަކީ އެންމެން ހަމަހަމަ ތަނެކެވެ. ކޮންމެ މީހަކަށްވެސް ޙައްޤުވެގެންވަނީ އެމީހަކު ނަމާދުކުރާނެ ޖާގައެވެ. އެއަސްވުރެ އިތުރަށް ޙައްޤުވެގެނެއް ނުވެއެވެ.
ގުޅުންހުރި ލިޔުން: