4 ފުޅި ހުވަނދުލިބޭ ސުވާލު: އެންމެ ކުރުކޮށް ކުރެވޭ ނަމާދަކީ ކޮބާ؟

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 49ސ
4 ފުޅި ހުވަނދުލިބޭ ސުވާލު: އެންމެ ކުރުކޮށް ކުރެވޭ ނަމާދަކީ ކޮބާ؟

4 ފުޅި ހުވަނދުލިބޭ ސުވާލު: އެންމެ ކުރުކޮށް ކުރެވޭ ނަމާދަކީ ކޮބާ؟ 

އެންމެ ކުރުކޮށް ކުރެވޭ ނަމާދަކީ ވިތުރިއެވެ. އެހެނީ ވިތުރިގެ އެންމެ މަދުމިނީ އެންމެ ރަކްއަތެކެވެ. އެންމެ ރަކްޢަތެއް ކުރުމުންވެސް ފުދޭނެއެވެ. ރަކްއަތުގައި އަލްޙަމްދު އާއި އިޚްލާޞް ސޫރަތް ކިޔަވައިލުމުންވެސް ފުދުނީއެވެ. 

ހަމައެއާއިއެކު ވިތުރި ނުކޮށް ނުނިދުމަކީ ރަސޫލާ ގެ ވަޞިއްޔަތްފުޅެކެވެ.   

އެހެންކަމާއިއެކުވެސް ގިނަ ބައަކު ވިތުރިނުކުރާކަން އެއީ ހިތާމަހުރިކަމެކެވެ. ދިރިހުރިހާ ހިނދަކު ކުރަންހުރި މަސައްކަތް ހުހެއް ނުވާނެއެވެ. މަސައްކަތްކޮށް ނުނިމޭނެއެވެ. ވީމާ ކިތަންމެ ގިނަ މަސައްކަތްކުރަންހުރި ނަމަވެސް ވިތުރިނުކޮށް ނުނިދާށެވެ! އެއީ ހަަމ އެންމެ 2 މިނިޓުންވެސް ކުރެވެން އޮތް ނަމާދެކެވެ.  

_______________________________________________ 

ރަމަޟާން މަހުން ފެށިގެން މިއަދުނޫހުން ކިޔުންތެރިންނަށްޓަކައި ކޮންމެ ދުވަހަކު ހުށަހަޅަމުން އައި ސުވާލުތަކަށް ކިޔުންތެރިންގެ ޝައުޤުވެރިކަން ބޮޑުވުމުން ޝައްވާލުމަހުގެ 10 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށް ކޮންމެ ދުވަހަކުވެސް 2 ކިޔުންތެރިއަކަށް، ކޮންމެ ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ދިނުމަށްވަނީ 2 ކިޔުންތެރިން ހޮވައިފައެވެ. ޕޭޖްގައި އެކަން އިއުލާނުކުރުމުގެ އިތުރުން އެކިޔުންތެރިއަކަށް ވަކިން މެސެންޖަރުންވެސް ވާނީ އެންގިފައެވެ. އިނާމަށް ހޮވުނު ވަރަށް ގިނަ ބޭފުޅުން ވަނީ އިނާމު ގެންދަވައިފައެވެ. ނުގެންދަވާ ތިއްބެވި ބޭފުޅުންގެ އަރިހުންވެސް އެދެނީ 7788020 އަށް ގުޅުއްވައި ވީހާއަވަހަކަށް އިނާމު ހޯއްދެވުމެވެ. 

މިއަދުނޫހުން ހުށަހަޅަމުން މިގެންދަނީ ވަރަށް އާދައިގެ ކުދިކުދި ސުވާލުތަކެކެވެ. ބޭނުމަކީ އެކަންކަން ކިޔުންތެރިންގެ ސަމާލުކަމަށް ގެނައުމެވެ. އިތުރަށް ހޭލުންތެރިކުރުވުމެވެ. އެކަމަށް ކިޔުންތެރިން ދެއްވާ ސަމާލުކަމަށް ބަލައި މި މަސައްކަތް ހުޓާނުލައި ކުރިއަށް ގެންދަން ނިންމައިފީމެވެ. ކޮންމެ ދުވަހަކުވެސް ސުވާލެއް ހުށަހަޅަމުން ގެންދާނަމެވެ.

ނަމަވެސް މިވަގުތު އިނާމު ދިނުމަށް ހޮވާނީ ހަފްތާއަކު 2 ކިޔުންތެރިންނެވެ. އަދަދު އިތުރުކުރަން މިގެންދަނީ މަސައްކަތްކުރަމުންނެވެ. 

މިއަދުނޫހަށް ކިޔުންތެރިން ދެއްވާ ސަމާލުކަން ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ. އިނާމެއް ހުށަނާޅައި ސުވާލެއް ހުށަހެޅިނަމަވެސް ވަރަށް ގިނަ އަދަދެއްގެ ކިޔުންތެރިން ޖަވާބު ދެއްވާކަން ފާހަކަ ކުރެވެއެވެ. ކިޔުންތެރިން ދެއްވާ ތަރުހީބަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

 

 

 

 

މިއަދު އޮންލައިން