ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ރައީސްގެ އަނބިކަނބަލުންގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައެއް ކުދިންނަށް ދައްކާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ރައީސްގެ އަނބިކަނބަލުންގެ މަސައްކަތް ކުރިޔަށްދާ ގޮތް ބައެއް ކުދިންނަށް ދައްކާލައިފި

މި އަހަރުގެ ޤައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައެއް ކުދިންނާ އެކު ވަގުތު ހޭދަކުރައްވައި، އެކަމަނާގެ އެއްދުވަހުގެ މަސައްކަތް ކުރިޔަށްދާ ގޮތް ކައިރިން ދައްކާލައްވައިފިއެވެ. އެކަމަނާގެ އެއްދުވަހުގެ މަސައްކަތް ކުރިޔަށްދާ ގޮތް ކައިރިން ދައްކަވާލެއްވުމުގެ އިތުރުން އެކަމަނާ ވަނީ ކުދިންގެ ސުވާލުތަކަށް ޖަވާބު ވެސް ދެއްވާފައެވެ.
‎މި ޙަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލީއާގޭގައެވެ.

‎މި ޙަރަކާތަކީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ އިސްނެންގެވުމާއެކު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކުޑަކުދިންނާ ގުޅުންހުރި މަސައްކަތްތަކަށް ކުދިން އަހުލުވެރިވެ، އެ މަސައްކަތްތަކާ ގުޅޭގޮތުން ކުދިން ދެކޭގޮތް ހާމަ ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން އަދި، ކުޑަކުދިންނަށް އެކުދިންނާ ގުޅުންހުރި ކަންކަމުގައި ރަޢުޔު ހާމަކުރުމުގެ ޙައްޤު ހޯދައިދިނުމަށާއި، އެކުދިންގެ ކަންބޮޑުވުންތަކުގައި ފަސްނުޖެހި ބަސްބުނުމަށް ބާރުއެޅުމުގެ ގޮތުން ހިންގުނު ޙަރަކާތެކެވެ.

ކުދިން ޝާމިލްވާ ކަންކަމުގައި އެކުދިންދެކޭގޮތް ބެއްލެވުމަކީ މުހިންމުކަމެއްކަމަށް ދެކެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިއްޔެގެ ވަގުތެއްގައި މި ޙަރަކާތުގައި ބައިވެރިވާ 6 ކުދިންނާ ބައްދަލުކުރައްވައި އެ ކުދިން ބަލަން ބޭނުންވާ ކަންކަން އޮޅުން ފިލުއްވާފައެވެ. އަދި، އެކުދިން އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާއާ އެކުދިން ބައްދަލުކުރުމުގެ ފުރުޞަތު މިއަދު ފަހިކޮށްދެއްވާފައި ވެއެވެ.

‎ކޮންމެ އަހަރަކުވެސް ޤައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުން އަންނަނީ މޭ 10 ގައެވެ.

މިއަދު އޮންލައިން