ދައްޖާލުތައް ގިނަވެ މިހާރުވެސް ކޮންމެ ގެއެއްގަ ކިތައް ދައްޖާލުން އެބަތިބިތަ؟

މިއަދު
ކިޔުމަށް ހޭދަވާނީ 43ސ
ދައްޖާލުތައް ގިނަވެ މިހާރުވެސް ކޮންމެ ގެއެއްގަ ކިތައް ދައްޖާލުން އެބަތިބިތަ؟

ދައްޖާލޭ ބުނީމާ އުފެދިދާނެ ހަމަ ސުވާލެއް ކާކުހޭ ދައްޖާލަކީ. ކީއްވެގެންބާއޭ ދައްޖާލޭ ކިޔުނީ. 

ދައްޖާލޭ މިކިޔަނީ ޙަޤީޤަތުގައި ޢަރަބި ބަހުގައި ދޮގުހަދާ އޮޅުވާލާ މީހުންނަށް. އެއީ ދައްޖާލުންނަކީ. އަޅުގަނޑުމެންވެސް މިހެންއުޅޭއިރު ބައެއްފަހަރު ކިޔޭ ދެއްތޯ ދައްޖާލޭ، މީ ދައްޖާލެކޭ. ޙަޤީޤަތުގައި އެއީ ލުޣަވީގޮތުން، އެހެންގޮތަކަށް ބުނާނަމަ ބަހަވީ، ގޮތުން އޭތި ބުނެވޭ އެއް މާނަ އެއީ، އެއްކަލަ އޮޅުވާލާމީހާ، ދޮގުހަދާ މީހާ، އެފަދަމީހުންނަށް ނިޞްބަތްކުރެވޭ. 

އެކަމަކު މަސީޙުއް ދައްޖާލު، މަސީޙް އައް ދައްޖާލު ނިޞްބަތްވަނީ އެންމެ މީހަކަށް. އެއީ އަޅުގަނޑުމެން މިކިޔާ ޤިޔާމާތުގެ ބޮޑު ޢަލާމާތްތަކުގެ ތެރެއިން މިއަންނަ މަސީޙުއް ދައްޖާލުގެ ވާހަކަ.  

- އައްޝެއިޚް އަބްދުﷲ ސަޢުދާން.

 

މިއަދު އޮންލައިން