ބޮޑުޖަމާޢަތުގައި ޢީދުނަމާދުކުރާނަމަ ޢީދުނަމާދުކުރާ ވަގުތު އަވަސްކުރުމަށް ދީނީ ޢިލްމުވެރިން އަނެއްކާވެސް ގޮވާލައްވައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ބޮޑުޖަމާޢަތުގައި ޢީދުނަމާދުކުރާނަމަ ޢީދުނަމާދުކުރާ ވަގުތު އަވަސްކުރުމަށް ދީނީ ޢިލްމުވެރިން އަނެއްކާވެސް ގޮވާލައްވައިފި!

ޝައިޚް އަޙްމަދު ރިމާޒް ވިދާޅުވީ މައިދާނުގައި ކުރެވޭ ޢީދުނަމާދު އަވަހަށް ފަށަން ފެނިވަޑައިގަންނަވާ ކަމަށެވެ. 

ޝައިޚް ރިމާޒަށް ތާއީދުކުރައްވައި އިސްލާމިކް މިނިސްޓަރަށް ޓެގްކުރައްވައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ "ވަރަށް ރަގަޅު ޚިޔާލެއް. ޟުޙާ ނަމާދުގެ ވަގުތު ޖެހުނީމާ ޢީދު ނަމާދު ކުރެވޭނެ. 7.30ވެ ހޫނުގަދަވަންދެން މަޑުކުރާކަށް ނުޖެހޭނެ." 

"ޢީދު ނަމާދު ކުރުން ސުންނަތް ވެގެންވަނީ މައިދާނުގައި. ޢުޛުރުވެރި އަންހެނުންނާއި ކުޑަކުދިންވެސް ބައިވެރިވާ ޖަމާޢަތެއްގައި. ޖަމާޢަތް ނުލިބިއްޖެ މީހަކު ގޭގައި އެކަނި ހުރެވެސް ޢީދު ނަމާދު ކުރެވޭނެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން