މިއީ އިއްޔެ ހެނދުނު މާރުކޭޓުގައި ކުރެވުނު ޒުވާބެކެވެ. ފިނިޒުވާބު ހޫނު ޒުވާބަކަށް ނުވެ ނިމުނީ ރައްދު ދީފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާތެރި މީހެއްކަމަށް ބަލައި ހިފާ ހައްޔަރުކޮށްފާނެތީއެވެ! އަދި ވަޒީފާއިން ވަކިކޮށްފިނަމަ އަނބިދަރިން ބަނޑަށްޖެހޭނެތީ ކުޑަކޮށް ވިސްނާލާފަ ކަމަށް އޭނާ ބުނެއެވެ.
ސ. މިއީ ކޮންތަނެއްގެ ކަރައެއް؟ އިންޑިއާ ކަރާތަ؟ ރާއްޖޭ ކަރާތަ؟
ޖަވާބު. ބަލަ އިންޑިއާ ވިއްޔާ ރާއްޖެވިއްޔާ އޮތީ ކޮން ތަފާތެއް؟ މަލިކުން ފެށިގެން އައްޑޫއަށް މިކިޔަނީ މަލިކައްޑޫ. މިފެށެނީ އިންޑިއާއިން. މިހާރު ނިމެނީވެސް އިންޑިއާއަށް! ބަލާބަލަ މަލިކުގަވެސް އައްޑޫގަވެސް އިންޑިއާ ސިފައިން ނެތްތޯ؟ ކޮބާ ތަފާތަކީ؟ މިއީ އެކައްޗެކޭ. ކޯއްޗެކޭތަ ކިޔަން ތިއައުޅެނީ؟