ވީޑިއޯ: ރޯދަ ދޫކޮށްލައިފިނަމަ އެންމެފަހުގެ އައިފޯނެއް ދޭން ބުނެ އަތަށް ލައިދިނުމުން އޭނާ އެބުނަނީ ސަތޭކަ އައިފޯނު ދިނަސް ރޯދަ ދޫނުކުރާނެ ކަމަށް! ތިބާހުރީ ކިހިނެއް؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ވީޑިއޯ: ރޯދަ ދޫކޮށްލައިފިނަމަ އެންމެފަހުގެ އައިފޯނެއް ދޭން ބުނެ އަތަށް ލައިދިނުމުން އޭނާ އެބުނަނީ ސަތޭކަ އައިފޯނު ދިނަސް ރޯދަ ދޫނުކުރާނެ ކަމަށް! ތިބާހުރީ ކިހިނެއް؟

މިވީޑިއޯގައި ހިމެނޭ 3 އެޕިސޯޑްވެސް ވަރަށް މުހިންމެވެ. އެންމެ ދުވަހެއްގެ ރޯދަ ދޫކޮށްލުމުން އެންމެފަހުގެ އައިފޯނެއް ދޭނެކަމަށްބުނެ އަތަށް ލައިދިނުމުންވެސް ރޯދަ ނުވީއްލިތަނުގައި އެހެން މީހަކު ރޯދަވީއްލަންވެސް ހުރަސް އަޅައެވެ.  

ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން 3 ވަނަ އެޕިސޯޑް ބައްލަވައިލައްވާށެވެ! އައިފޯނުގެ ދަހިވެތިކަމުގަ މީހަކު ރޯދަވީއްލަން އުޅޭތަން ފެނުމުން އެކަމަށް ހުރަސް އަޅައި އެބުނަނީ ރޯދަ ނުވީއްލައިފިނަމަ އައިފޯނެއް ގަނެދޭނެ ކަމަށެވެ. އަދި 100 އައިފޯނު ދިން ނަމަވެސް އޭނާގެ ރޯދަ ދޫކޮށްނުލާނެކަމަށް ވެސް ބުނެއެވެ. 

އަދި ވަރަށް މުހިންމު ކަމެއް ހަނދާންކޮށްދެއެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ އަމަލެއް، ފާފައެއް ކުރާތަނުން މަރުވެއްޖެނަމަ އެމީހަކު ވައްދަވާނީ ނަރަކައަށް ކަމެވެ. 

މިވީޑިއޯއަކީ މުސްލިމް ޒުވާނުން ރޯދަހިފުމަށް ދޭ ސަމާލުކަން ދެނެގަތުމަށް ކޮށްފައިވާ އިންޓަރވިޔުތަކެކެވެ. 

ގުޅުންހުރި ވީޑިއޯ:

 

 

 

 

މިއަދު އޮންލައިން