"ރޯދައަށް ތިބޭއިރު ކުޑަކުދިންވެސް އެކުދިންނަށް ބޭނުންވާ ކަންކަމުގެ ވާހަކަ ﷲ ތަޢާލާއަށް ދަންނަވައި ދުޢާ ކުރަންވާނެއެވެ! އަދި މައިން ބަފައިންނަށްޓަކައި ހެޔޮ ދުޢާ ކުރަންވާނެއެވެ."
މިއީ ޝައިޚް މުޙައްމަދު މަންޞޫރު މަސްޖިދު މުޙައްމަދު ޖަމީލްގައި ދަރުސް ދެއްވަމުން ވިދާޅުވެފައިވާ ބަސްފުޅެކެވެ.
ދަރުސް އަޑުއަހަން ތިބި ކުޑަކުދިން ބައިވެރި ކުރައްވައި އެކުދިންނާއި މުޚާޠަބްކުރައްވައި މިމޭރުމުން ވާހަކަފުޅު ދެއްކެވުމުން ދަރުސް އަޑުއަހަން ތިބި ކުދިންގެ ސަމާލުކަން ވަރަށް ބޮޑަށް އިތުރުވެގެންދިއައެވެ. އުފާވެރިކަން ލިބި ހިނިތުންވެސްވިއެވެ. އެއީ ޝައިޚް އެކުދިންގެ އަގުވަޒަންކުރެއްވުމުންނެވެ.
މިއީ ދަރުސް ދެއްވާ ބޭފުޅުން ވިސްނަވައިލެއްވުން މުހިންމު ކަމެއްކަން ފާހަގަކުރެވެއެވެ. ކުދިންނާއި ވެސް މުޚާޠަބް ކުރައްވަވާނަމަ ކުދިން ފޫހިވުންވެސް ކުޑަވާނެތީއެވެ.