އައްސައްޔިދާ އާސިޔާ ޢަލައިހާ ސަލާމްގެ ވާހަކަ 2: މޫސާގެފާނު ފިރިއަޢުނުގެ ގައިގަ ޖެއްސެވުމާ އަނގުރު އަލިފާންގަނޑެއް ފަރިއްކުޅުއްވުން-

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
އައްސައްޔިދާ އާސިޔާ ޢަލައިހާ ސަލާމްގެ ވާހަކަ 2: މޫސާގެފާނު ފިރިއަޢުނުގެ ގައިގަ ޖެއްސެވުމާ އަނގުރު އަލިފާންގަނޑެއް ފަރިއްކުޅުއްވުން-

މަޢާރިފުލް ޤުރްއާނުގައި އެފޮތުގެ މުއައްލިފު  مولانا مفتی محمد شفیع ލިޔުއްވައިފައިވެއެވެ. 

[موسى ގެފާނު ތުއްޕުޅުއިރު އެއްދުވަހަކު ފިރުޢައުނުގެ ތުނބުޅީގައި ހިއްޕަވައި، ދަންމަވައިގެންނެވިއެވެ. ނުވަތަ އެކަލޭގެފާނުގެ އަތްޕުޅުން ފިރުޢައުނުގެ މޫނުމަތީގައި ޖެއްސެވިއެވެ. އެހެން ރިވާޔަތެއްގައިވަނީ، އެއްދުވަހަކު موسى ގެފާނު ދަނޑިގަނޑެއް ހިއްޕަވައިގެން ކުޅުއްވަން އުޅުއްވަނިކޮށް ފިރުޢައުނު އެތަނަށް އައުމުން އޭނާގެ މޫނުމަތީގައި ޖެއްސެވީ ކަމަށެވެ. موسى ގެފާނު އެގޮތަށް ކަންތައް ކުރެއްވުމު ފިރުޢައުނު ވަރަށް ރުޅި އަތުވެއްޖެއެވެ. ހަމަ އެވަގުތު އެކަލޭގެފާނު ޤަތުލު ކުރުމަށް އުޅެގެންފިއެވެ. މިކަން އާސިޔަތުގެފާނަށް އެނގިވަޑައިގެން ވިދާޅުވިއެވެ. 

[އޭ ރަސްގެފާނެވެ. އެއީ ތަންދޮރު ވަކިކުރަން ނޭނގޭވަރުގެ ކުޑަކުއްޖެކެވެ. އެވަރުގެ ކުއްޖެއްގެ ފަރާތުން ފެނިވަޑައިގެން ކަމެއްގެ ސަބަބުން އެ ކުއްޖާ ޤަތުލު ކުރައްވަނީ ތޯއެވެ؟ ރަސްގެފާނު ބޭނުންފުޅުނަމަ، އެ ކުއްޖާއަށް ރަނގަޅު ނުބައި ވަކިކުރަން އެނގޭތޯ ނުވަތަ ނޫންތޯ ބަލައި އިމްތިހާނު ކުރެވިދާނެއެވެ.]

އެހިނދު ފިރުޢައުނު އަލިފާން އަނގުރުގަނޑަކާއި ޔާޤޫތުގަނޑެއް ގެނެސް موسى ގެފާނުގެ ކުރިފުޅުމަތީގައި ބެހެއްޓިއެވެ. موسى ގެފާނު ވަޑައިގަނަނަވާން ފެއްޓެވީ ޔާޤޫތާއި ދިމާއަށެވެ. ނަމަވެސް ޖިބުރީލުގެފާނު ވަޑައިގެން އެކަލޭގެފާނު އަލިފާން އަނގުރުގަނޑާ ދިމާއަށް އަނބުރާލެއްވިއެވެ. އެހިނދު موسى ގެފާނު އަލިފާންކޮޅު ނަންގަވައި އަނގަފުޅަށް ލެއްވުމުން އެކަލޭގެފާނުގެ ދޫފުޅު ފިހިގެންދިޔައެވެ. ދެން ފިރުޢައަނު، موسى ގެފާނު ޤަތުލުނުކޮށް ދޫކޮށްލައިފިއެވެ.

{މަޢާރިފުލް ޤުރްއާނުގެ އިނގިރޭސި ތަރުޖަމާ: ހަވަނަ ވޮލިޔުމްގެ 89 އަދި 90 ވަނަ ޞަފްޙާ} 

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

 

 

މިއަދު އޮންލައިން