ސިފަރީތި އަންހެންކުދިންނަށް ވަރުގަދަ ފިލާވަޅެއް! ލޯބިވާކަމަށް ބުނާ މީހުން، އެމީހުންގެ އަމިއްލަ ފުރާނައަށްވުރެ ތިބާދެކެ ލޯބިވާކަން ޔަޤީންކޮށްލަންވާނެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 2ސ
ސިފަރީތި އަންހެންކުދިންނަށް ވަރުގަދަ ފިލާވަޅެއް! ލޯބިވާކަމަށް ބުނާ މީހުން، އެމީހުންގެ އަމިއްލަ ފުރާނައަށްވުރެ ތިބާދެކެ ލޯބިވާކަން ޔަޤީންކޮށްލަންވާނެ!

ފާޠިމާއަކީ އަވަށުގައި ތިބި އެންމެ ރީތި އަންހެންކުދިންގެ ތެރެއިންވެސް ރީތިކަމަށް އަރައިހުރި ކުއްޖެކެވެ. މަގުމައްވަށް ނުކުމެއްޖެނަމަ ޒުވާނުންތައް އެނާގެ ފަހަތުން އެނބުރެއެވެ. ގައިގައި ބޮސްދީ ބީހިލަން ފުރުސަތު ހޯދަން މަސައްކަތްކުރެއެވެ. 

ފާޠިމާގެ ވަށާލައިގެން ޒުވާނުތައް އުޅޭތަން ފެނުމުން ކަންބޮޑުވެގެން އަވަށުގެ ހަރު، ބަސްވިކޭ، ރުޤްޔާވެސްކޮށް އުޅޭ މީހަކު އެއްދުވަހަކު ޒުވާނުންތައް ގާތަށް ގޮސް ބުންޏެވެ. "ކަލޭމެންނަށް ފާޠިމާގެ ހުރި ނުރައްކައުތެރިކަން އެނގޭނަމަ ވައިވެސް ނޭޅޭނެއެވެ. ގޮތްބަލަންވެސް ފާޠިމާއަށް ނިކަން ދޮނެއް ދީބަލާށެވެ. އިސާހިތަކު އެމީހަކު މަރުވާނެއެވެ." 

އެހެން ބުނެފައި އެމީހާ މަޑުވެސް ނުކޮށް ދިއައީއެވެ. އެއިގެ ފަހުން ފާޠިމާ އާއި ވާހަކަދައްކަން ވެސް ޒުވާނުން ބިރުގަނެއެވެ. ފާޠިމާ ފެނުނަސް ބަލަނީ ދުރަށްދެވޭތޯއެވެ. ފާޠިމާގެ އުމުރުން ދުވަސްތައް ފާއިތުވަމުން ގޮސް 25 އަހަރުވީއިރުވެސް އޭނާ އާއި އަނގައިން ބުނާނެ ޒުވާނަކުވެސް ނުވިއެވެ. 

އެކަމާ ފާޠިމާ ވަރަށް ދެރަވެފައި ހުއްޓައި ޒުވާނަކު ފާޠިމާ އާއި ބައްދަލުކޮށްފައި ބުނީ ފާޠިމާދެކެ ވަރަށް ލޯބިވާކަމަށެވެ. ފާޠިމާ އާއިމެދު އެމީހާ ބުނި ބަސް އެނގޭކަމަށާއި އެނގިހުރެވެސް ކައިވެނިކުރަން ބޭނުންވާ ކަމަށެވެ. އޭނާގެ ޢާއިލާއިންވެސް ކައިވެންޏަށް ދެކޮޅުހަދަމުންދަނިކޮށް އެޒުވާނާ ފާޠިމާ އާއި ކައިވެނިކޮށްފިއެވެ. އެކުގައި ރޭވެސްކޮށްފިއެވެ. އޭނާ މަރެއްވެސް ނުވިއެވެ. 

އެހެނަސް ގިނަ ބައަކު ހީކޮށްގެންތިބީ ވަރަށް އަވަހަށް އެޒުވާނާ މަރުވާނެ ކަމަށެވެ. ކައިވެންޏަށް އަަހރުވެ ދަރިއަކު ލިބުނުފަހުން ދެމަފިރިން އެކުގައި އެމީހާ ގާތަށް ގޮސް އޭނާ އެދުވަހު އެހެންބުނި ނަމަވެސް ފިރިމީހާ އަދިވެސް މަރުނުވާތީ މަރުވާނީ ކޮން ދުވަހަކުތޯ ސުވާލުކުރިއެވެ. 

އެމީހާ ބުންޏެވެ. "އަހަރެން ކޮންމެ އެއްޗެކޭ ބުނި ނަމަވެސް ކޮންމެ މީހަކުވެސް މަރުވާނީ އެމީހާގެ އުމުރުހަމަވީމައެވެ." އެހެންވީއިރު އެދުވަހު އެހެންބުނީ ކީއްވެގެންތޯ ސުވާލުކުރުމުން ކިޔައިދިނެވެ. "އެއިރު ހުރިހާ ޒުވާނުން އުޅުނީ ފާޠިމާގެ ރީތިކަމުން ފައިދާ ހޯދާށެވެ. އެމީހުން އުޅުނީ ފާޠިމާދެކެ ލޯބިން ކައިވެނިކުރާކަށް ނޫނެވެ. އެހައިވަރަށް ލޯބިވާ މީހަކުހުރިނަމަ އަަހަރެން ބަހެއް ބުނީތީ ބިރުން އަނގައިންވެސް ނުބުނެ ތިބެންވީ ކީއްވެގެންހެއްޔެވެ؟ ފާޠިމާ ދެކެ ޙަޤީޤަތުގައިވެސް ލޯބިވާ މީހާ އެވަނީ އެއްވެސް ޖެހިލުމެއް ނެތި ކައިވެނިކޮށްފައެވެ. ރޭވެސްކޮށްފައެވެ. ވީމާ މީހަކު ހަމަ ހުރެފައި ކަލޭ ވަރަށް ރީތިކަމަށާއި ގައިގޯޅިވެލަން ބޭނުންވާކަމަށާއި ވަރަށް ބޮޑަށް ލޯބިވާކަމަށް ބުނި ނަމަވެސް އެވާހަކަތައް ދެންވެސް އަޑުނުއަހާށެވެ! ތިއަ ލިބުނު ޙަޤީޤީ ލޯބިވެރިޔާއާއިއެކު ދިރިއުޅެވޭތޯ މަސައްކަތްކުރާށެވެ! ފިރިމީހާ މަރުނުވިކަން އެނގުމުން އަނެއްކާވެސް އެޒުވާނުންތައް ފަހަތުގައި އަޅުވާނެއެވެ. ނަމަނަމަ ނުހެއްލޭށެވެ!" 

މިވާހަކަ އާއިމެދު ކިޔުންތެރިން ވިދާޅުވަނީ ކީކޭތޯއެވެ!

މިއަދު އޮންލައިން