ރޯދަމަހާ ދިމާކޮށް ވިލާ ކޮލެޖްގެ ސްޓޫޑެންޓް އެސޯސިއޭޝަނުން ގުރުއާން މުބާރާތެއް ބާއްވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ރޯދަމަހާ ދިމާކޮށް ވިލާ ކޮލެޖްގެ ސްޓޫޑެންޓް އެސޯސިއޭޝަނުން ގުރުއާން މުބާރާތެއް ބާއްވަނީ

 

1443 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ވިލާ ކޮލެޖް ސްޓޫޑެންޓް އެސޯސިއޭޝަން (ވީ.ސީ.އެސް.އޭ) ން ވިލާ ކޮލެޖުގައި ކިޔަވަމުން ގެންދާ ދަރިވަރުންނަށް ޚާއްސަކޮށްގެން އިންޓަރ ފެކަލްޓީ ގުރުއާން މުބާރާތެއް ބޭއްވުމަށް ނިންމާފިއެވެ.

14 އޭޕްރީލް 2022 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 04:00ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 16 އޭޕްރީލް 2022 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

ވީ.ސީ.އެސް.އޭ އިން ބުނެފައި ވަނީ މި މުބާރާތުގައި ފެކަލްޓީ އޮފް ބިޒްނަސް މެނޭޖްމަންޓް، ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސައިންސް، ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސް، ފެކަލްޓީ އޮފް ހެލްތް ސައިންސް، ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އަދި ފެކަލްޓީ އޮފް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ހިމެނޭހެން ޖުމްލަ 6 ފެކަލްޓީއަކުން މި މުބާރާތުގައި ބައިވެރިވާއިރު މުބާރާތުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ދަރިވަރުންނަށް ވެސް ފުރުސަތު ދީފައިވާއިރު މި މުބާރާތުގެ ސަބަބުން ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް އޮތް ލޯބި އިތުރުވެގެން ދިއުމަށް މަގުފަހި ވުމަކީ ވީ.ސީ.އެސް.އޭގެ ފަރާތުން މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގްސަދުކަމަށެވެ.

މި މުބާރާތް ރާވާ ހިންގާ، އަދި އިންތިޒާމު ކުރުމުގައި ވީ.ސީ.އެސް.އޭގެ އެންމެހާ މެންބަރުން އަދި ދަރިވަރުންގެ ތެރެއިން އިސްވާރުން ހަރާތްތެރިވާނެއެވެ. މި މުބާރާތުގައި ފަނޑިޔާރުކަން ކުރުމަށް ކޮލެޖުން ބޭރުން ފަނޑިޔާރުން ވަނީ ހަމަޖައްސާފައެވެ.

މިއަދު އޮންލައިން