ލޯބިވާކަމަށް ބުނެ ﷲ ގަންދީ ކުރި ހުވާ އުވާލެވިދާނެ! މަލާއިކަތުން ލިޔުއްވެވި ފަތުން ފުހެލެވޭނެތަ؟ ދިން އަނިޔާއަށް ބަދަލުނުދީ ސަލާމަތްވެވޭނެތަ؟

އަހުމަދު
ކިޔުމަށް ހޭދަވާނީ 51ސ
ލޯބިވާކަމަށް ބުނެ ﷲ ގަންދީ ކުރި ހުވާ އުވާލެވިދާނެ! މަލާއިކަތުން ލިޔުއްވެވި ފަތުން ފުހެލެވޭނެތަ؟ ދިން އަނިޔާއަށް ބަދަލުނުދީ ސަލާމަތްވެވޭނެތަ؟

"ﷲ ގަންދީ ހުވާކޮށްފަ ބުނަމެވެ. އަހަރެން ކަލާދެކެ ލޯބިވާވަރަށްވުރެ ބޮޑަކަށް އެއްވެސް މީހަކަށް އަނެކަކު ދެކެ ލޯތްބެއް ނުވެވޭނެއެވެ! މުޅި އުމުރުގަވެސް އެކަން ދަމަހައްޓާނަމެވެ.!" މިހެން ބުނެ ފައި ލަނޑުދީ ފިލަިގެން ދެވިދާނެއެވެ! 

އެބަސް ބުނި ހިނދު މަލާއިކަތުން ވަނީ ތިބާގެ ފަތުގައި ލިޔުއްވަވައިފައެވެ. މަލާއިކަތުން ލިޔުއްވެވި ތިބާގެ ފަތުން އެބަސްތައް ފުހެލެވޭނެ ހެއްޔެވެ؟ ﷲ ގަންދީ ކުރާ ހުވާ އުވާލުމުން ކައްފާރާ ދޭންޖެހޭނެއެވެ. 

ވިސްނަންވީ ތަންކޮޅަކީ ކައްފާރާ ދިނުމަކީ އެކަމުން އަނެކާއަށް ލިބުނު ގެއްލުމާއި އަނިޔާއާއި ގުޅުންހުރި ކަމެއް ނޫނެވެ. އެއީ ތިމާ އާ ﷲ ތަޢާލާ އާ ދެމެދުގަ އޮތް މައްސަލައާއި ގުޅިގެން ކުރަންޖެހޭ ކަމެކެވެ. 

އެއްވެސް މީހަކު އެހެން މީހަކަށް ކޮށްފައިވާ އަނިޔާއެއް ނުވަތަ ދީފައިވާ ގެއްލުމެއްގެ މާފު ހޯދަން ޖެހޭނީ އެމީހެއްގެ ކިބައިންނެވެ. އެކަން ﷲ ދޫކޮށްލައްވަވާނީ އަނިޔާ ލިބުނު މިހާއަށެވެ. 

ކުރުކޮށް ނަމަވެސް މިބުނެދިނީ ވަރަށް ގިނަ ވާހަކަތަކެކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން