ތިބާ ފާފަކުރާހިނދު ތިބާ އެންމެ ލޯބިވާ ތިބާގެ ގުނަވަންތައް ރޮއި ހިތާމަކުރާކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 19ސ
ތިބާ ފާފަކުރާހިނދު ތިބާ އެންމެ ލޯބިވާ ތިބާގެ ގުނަވަންތައް ރޮއި ހިތާމަކުރާކަން އެނގޭހެއްޔެވެ؟

ތިރީގައި އެވަނީ މިއަދުނޫހުގައި ކުރިއަށް ގެންދާ "ޤިޔާމަތުގެ ވާހަކަ"އިގެ ސިލްސިލާގައި މިއަދު ޝާއިޢުކުރު 28 ވަނަ ބައިން ނަގާފައިވާ ތަންކޮޅެކެވެ. މިތަންކޮޅު ވަކިން ލިޔުމެއްގެ ގޮތުގައި ޝާއިޢުމިކުރަނީ ވަރަށް މަތިވެރި މަޤްޞަދެއްގައެވެ. 

އިންސާނާ އެންމެ ލޯބިވާނީ އޭނާގެ ހަށިގަނޑުގައިވާ ގުނަވަންތައް ދެކެއެވެ. ދުލާއި ލޮލާއި އަނގައާއި ކަންފަތާއި އަތާއި ފަޔާއި މިހެންގޮސް ހުރިހާ ގުނަވަންތައް ދެކެއެވެ. އެހެންކަމާއިއެކުވެސް ފާފަކުރެވެނީ އެގުނަވަންތައް ބޭނުންކޮށްގެންނެވެ. 

ފާފަކުރާއިރު އެގުނަވަންތައް އެކަން ނުހުއްޓުވަނީ އެއިރު އޭނާގެ އިޚްތިޔާރުގެދަށުގައި އެގުނަވަންތައް ލައްވަވާފައިވާތީއެވެ. ފާފަކުރާއިއރު އެގުނަވަންތައް އެކަމަށް ހިތާމަކުރެއެވެ. ޤިޔާމަތް ދުވަހު މީސްތަކުންގެ ދޫ ބަންދުކުރައްވަވާފައި އެގުނަވަންތަކަށް އިޚްތިޔާރު ދެއްވެވުމުން ގުނަވަންތައް ގުނަވަންތަކުން ކުރި ފާފަތައް ކިޔައިދެނީ އެސަބަބަށްޓަކައެވެ. 

ފާފަކުރެވޭ މީހުން މިކަންކަމަށް ވިސްނައިފިނަމަ ފާފައެއް ނުކުރާނެއެވެ. ވިސްނުންތެރިކަމާއިއެކު ތަކުރާރުކޮށް ތިރީގައިވާ ލިޔުންކޮޅު ވިދާޅުވުން ބުއްދިވެރިއެވެ. އެކަމުގެ ފައިދާކުރާނެއެވެ. އިން ޝާ ﷲ 

"އެއީ މި آية ގައި ބަޔާންވެގެންވާ ފަދައިންނެވެ. يَوْمَ تَأْتِي كُلُّ نَفْسٍ تُجَادِلُ عَن نَّفْسِهَا މި آية ގެ معن އީ: އެދުވަހަކީ ކޮންމެ نفس އެއްމެ އެ نفس އެއްގެ ފަރާތުން جَدَل ކުޅައުމަށް އަންނާނޭ ދުވަހެވެ. ދެން އެއުރެންގެ އަނގަ ބަންދުވެދާނެ އެވެ. މިއީ މިލިޔާ އާޔަތުގައި ބަޔާން ވެގެންވާ الْيَوْمَ نَخْتِمُ عَلَىٰ أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُم بِمَا كَانُوا يَكْسِبُونَ މި آية ގެ معنى އީ: ތިމަންސުވާމީންގެ އެއުރެންގެ އަނގަތައް ބަންދު ކުރައްވާނޭ ދުވަހުން ތިމަން ސުވާމީންގެ އާއި ވާހަކަ ދައްކާހުށީ އެއުރެންގެ އަތްތަކެވެ. އެއުރެން ކުލަހައި ކަންތަކަށް އެއުރެންގެ ފައިތައް ހެކިވާ ހުއްޓެވެ. ދެންފަހެ އެއުރެންގެ ގުނަންތައް އެއުރެންގެ މައްޗަށް ހެކިވުމުން އެއުރެން ނަރަކައަށް ގެންދިއުމަށް އަމުރުކުރެވިދާ ހުށި. ދެން އެމީހާ އެމީހާގެ ގުނަންތަކަށް މަލާމަތްކޮށް އުޅޭނެއެވެ. އެތަކެތި ބުނާހުއްޓެވެ. އަހަރެމެންގެ ކިބައަށް ވާހަކަ ދެއްކޭނޭ ބާރު މާތްރަސްކަލާނގެ ދެއްވިއިރުން އަހަރެމެން ވާހަކަ ދެއްކީތާއެވެ. ކަލޭގެ ފާފަތައް ކޮށް އުޅުނުއިރުވެސް އަހަރެމެން ތިބީ ނާޗާރުގައެވެ. ކުރާނޭ އެއްވެސް ކަމެއްނެތިގެން ހިތާމައިގައެވެ. އެއިރު އަހަރެމެންވަނީ ކަލޭގެ ކިޔަމަން ދަށުގައި ލައްވާފައެވެ. ކަލޭގެ ކުރިމަތިގައި شَريعة އޮވެފައި ކަލޭގެއަށް ބުއްދިދެއްވާފައިވެއެވެ. ކަލޭގެ تبع ވީ ކަލޭގެއަށް ނުބައިހާ ކަންތަކަށް ގޮވާ هَوانفس އަށާއި شَيْطَان އާއަށެވެ. މިއީ މިލިޔާ آيَة ން ދޭހަވާ މާނައެވެ. أَنطَقَنَا اللَّهُ الَّذِي أَنطَقَ كُلَّ شَيْءٍ"

މިއަދު އޮންލައިން