އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް 25 ބިލިއަނަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަދި މައިނޯރިޓީ ލީޑަރުއަހުމަދު ސަލީމް ގޮވާލައްވައިފިއެވެ.
ސަލީމް މިކަމަށް ގޮވާލެއްވީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސްކުރައްވަމުންނެވެ.
ކޮވިޑުގެ ހާލަތުގައި ދަރަނި އިންތިހާއަށް މައްޗަށް ދިއުމުން ދެން މަސައްކަތް ކުރަަން ޖެހޭނީ ދަރަނި ކުޑަކުރަން ކަމަަށާއި އެހެން ނަމަވެސް އޭގެ ބަދަލުގައި ދަރަނި ކުރިން ހުރި މިންވަރުގައި ހިފަހައްޓައިގެން ކުރިއަށް ދިއުމަކީ އުފުލޭނެ ބުރައެއް ނޫން ކަމަށް ސަލީމް ވިދާޅުވިއެވެ. "އަޅުގަނޑު ގޮވާލަން ދައުލަތުގެ ބަޖެޓު 25 ބިލިއަނަށް ކުޑަކުރުމަށް. ކުޑަކޮށްފައި އަލުން ބަޖެޓު މި މަޖިލީހަށް ގެނައުމަށް." ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ރައްޔިތުންނަށް ކަންކަން ހާސިލް ކުރެވޭނެ ގޮތަކަށް ބަޖެޓު އެކުލަވާލުމަކީ މުހިންމު ކަމެއްކަމަށާއި މި ބަޖެޓުން ފެންނަނީ ވަރަށް ބޮޑަށް ދަރަނިވެރިވާތަން ކަމަށެވެ.