ރާއްޖެ މިއަދާހަމައަށް އިސްލާމްދީން މަތީ އޮތުމުގައި ﷲ ގެ ރަޙުމަތަށްފަހު ދިވެހި ރައްޔިތުންގެ ހިތްވަރާއި އިޚްލާސްތެރި މަސައްކަތް ފާހަގަ ކުރެއްވޭ ކަމަށާއި ހިތާމައަކީ ﷲ އާއި އެކަލާނގެ ރަސޫލާ ﷺ އަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މީހުންނާއި މެދު އެއްވެސް ފިޔަވަޅެއް ނާޅާ ދޫކޮއްލާފައި އޮތުން ކަމަށް ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވެއްޖެއެވެ.
ރާއްޖެއިސްލާމްވި ދުވަހާއި ގުޅިގެން ޝައިޚް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވާއިރު ސަރުކާރުގެ އިސް ގިނަ މަޤާމުތަކެއްގައި ތިބީ އެމްޑީއެންއަށް އެކިފެންވަރުގައި ނިޞްބަތްވާ މީހުންކަން ފާހަގަކުރެވެއެވެ. ހަމައެއާއިއެކު އެމްޑީއެންކުރި މަސައްކަތާއި އެއްގޮތަށް އިސްލާމް ދީން ނިކަމެތިކުރަން އެންމެ ވަރުގަދައަށް އިސްލާމް ދީނުގެ ޙަޤީޤަތް އޮޅުވާލައިގެން ވާހަކަދައްކަނީ ރައްޔިތުންގެ މަޖިލީހުގެ ނަމުގައި ހިންގާ މަޖިލީހުގައިކަންވެސް ފާހަގަކުރެވެއެވެ.
ރާއްޖެއިސްލާމްކަން މަތީގައި ދެމެހެއްޓުމަށްޓަކައި އިސްލާމް ދީނާއި ދެކޮޅަށް ހިންގާ މިފަަދ އެންމެހައި ޖަރީމާތައް ހިންގުން ހުއްޓުވައި ފިޔަވަޅުއަޅަންޖެހޭކަން ފާހަގަކުރެވެއެވެ.
"ރާއްޖެ މިއަދާހަމައަށް އިސްލާމްދީން މަތީ އޮތުމުގައި ﷲ ގެ ރަޙުމަތަށްފަހު ދިވެހި ރައްޔިތުންގެ ހިތްވަރާއި އިޚްލާސްތެރި މަސައްކަތް ފާހަގަ ކުރެވޭ. ހިތާމައަކީ ﷲ އާއި އެކަލާނގެ ރަސޫލާ ﷺ އަަށް ފުރައްސާރަ ކޮށް ރިޕޯޓް ނެރުނު މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނާޅާ ދޫކޮއްލާފައި އޮތުން."
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
ރާއްޖެ މިއަދާހަމައަށް އިސްލާމްދީން މަތީ އޮތުމުގައި ﷲ ގެ ރަޙުމަތަށްފަހު ދިވެހި ރައްޔިތުންގެ ހިތްވަރާއި އިޚްލާސްތެރި މަސައްކަތް ފާހަގަ ކުރެވޭ. ހިތާމައަކީ ﷲ އާއި އެކަލާނގެ ރަސޫލާ ﷺ އަަށް ފުރައްސާރަ ކޮށް ރިޕޯޓް ނެރުނު މީހުންނާ މެދު އެއްވެސް ފިޔަވަޅެއް ނާޅާ ދޫކޮއްލާފައި އޮތުން.
— Ali Zahir bin Saeed (@alizahirsaeed) November 7, 2021