މަޢާފްކުރުމަށާ ބަދަލު ނުހިފުމަށް ރަސޫލް ޞޢވ, ދެއްވި އިރުޝާދުތައް ސިކުނޑީގަ ހަރުލެއްވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
މަޢާފްކުރުމަށާ ބަދަލު ނުހިފުމަށް ރަސޫލް ޞޢވ, ދެއްވި އިރުޝާދުތައް ސިކުނޑީގަ ހަރުލެއްވުމަށް ރައީސް އިލްތިމާސް ކުރައްވައިފި

ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމުން އެއްކިބާވެ، މީސްތަކުންނަށް މަޢާފްކުރުމަށާއި ބަދަލު ނުހިފުމަށް، މި އުންމަތުގެ މާތް ނަބިއްޔާ ތަކުރާރުކޮށް ދެއްވި އިރުޝާދުތައް ތާއަބަދު ސިކުނޑީގައި ހަރުލެއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ. 

ރައީސް މިއަދު ދެއްވި ޚިޠާބުން 

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރާއިރު، އަޅުގަނޑުމެންގެ ވިސްނުން މިއަދު އަމާޒުކުރަންވީ އެންމެ މުހިންމު ކަމަކީ، ލޯތްބާއި ކުލުނާއި އޯގާތެރިކަމުގެ ވަރުގަދަ ގުޅުމުން، މީސްތަކުންގެ ހިތްތައް ގުޅުވައިލަ ދިން، އިސްލާމީ ރިވެތި އަޚްލާޤުގެ މަތީގައި ސާބިތުވެ ތިބުމަށެވެ. އަނެކުންގެ ފުރާނައާއި މުދަލާއި އަބުރަށް ޙުރްމަތްތެރިކޮށް ހިތައި ރައްކާތެރިވުމުގައި، މި އުންމަތުގެ މާތް ނަބިއްޔާ ދެއްކެވި މަތިވެރި ނަމޫނާ، އަޅުގަނޑުމެންގެ ޙަޔާތުގައި ޢަމަލީ ގޮތުން ތަންފީޒު ކުރުމަށެވެ. ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމުން އެއްކިބާވެ، މީސްތަކުންނަށް މަޢާފްކުރުމަށާއި ބަދަލު ނުހިފުމަށް، މި އުންމަތުގެ މާތް ނަބިއްޔާ ތަކުރާރުކޮށް ދެއްވި އިރުޝާދުތައް ތާއަބަދު ސިކުނޑީގައި ހަރުލެއްވުމަށެވެ.

އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَىގެ އެއްކައުވަންތަކަމުގެ މަތިވެރި ޢަޤީދާ އަޅުގަނޑުމެންގެ ހިތްތަކުގައި ސާބިތުކުރައްވައި، މިރާއްޖެއަކީ، ސައްތަ އިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ތާއަބަދަށް ލެހެއްޓެވުމެވެ. އިސްލާމްދީނުގެ މަތިވެރި ރިސާލަތުން ލިބިދޭ ނަމޫނާތަކުން، އަޅުގަނޑުމެންގެ ދެ ދުނިޔެ އާރާސްތުކުރުމުގެ ހެޔޮ ނަސީބު މިންވަރު ކުރައްވައި، އިސްލާމީ އެއްބަނޑު އެއްބަފާކަމުގެ ވަރުގަދަ ގުޅުމުން، އަޅުގަނޑުމެންގެ ރާއްޖޭގައި ޞުލްޙަވެރިކަމާއި އަމާންކަމާއި ރައްކާތެރިކަން، ދެމެހެއްޓުމުގެ ހެޔޮ ތައުފީޤާއި މަދަދު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށިއެވެ. އާމީން.

މިއަދު އޮންލައިން