ﷲ ތަޢާލާ، ތިބާއަކީ އެކަލާނގެއަށް ބިރުވެތިނުވާ މީހުންގެ ކެޓަގެރީއަށް ލައްވަވާފާނެ ކަމަށް ބިރެއް ނުގަނޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ﷲ ތަޢާލާ، ތިބާއަކީ އެކަލާނގެއަށް ބިރުވެތިނުވާ މީހުންގެ ކެޓަގެރީއަށް ލައްވަވާފާނެ ކަމަށް ބިރެއް ނުގަނޭހެއްޔެވެ؟

އަހަރެމެން އަބަދުވެސް ކީރިތި ޤުރްއާން ކިޔަވަމުއެވެ. އަދި ބައެއް މީހުން މާނަވެސް ކިޔައެވެ. އަދި މިބަޔާންކުރާ އާޔަތަކީ ހުކުރު ޚުޠުބާތަކުގައިވެސް ގިނައިން ކިޔާ އާޔަތެކެވެ. 

وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ

"އަދި ކެތްތެރިކަމާއި ނަމާދުން ތިއަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)" (އަލަބަޤަރާ: 45)

ސުވާލަކީ އެހައިގިނައިން އަޑުއިވޭއިރު އާޔަތުގައި އޮތް "ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)" ބަސްފުޅުގެ މާނަ މިގޮތަށްއެނގޭހެއްޔެވެ؟ ނުވަތަ ވިސްނޭ ހެއްޔެވެ؟ 

"ތިމަން ﷲ މި އަމުރުފުޅުކުރައްވަވަނީ ކެތްތެރިވުމަށާއި ނަމާދުކުރުމަށެވެ. ތިމަން ﷲ އަންގަވާފައިވާ މަގުން ނަމާދުކުރެވޭނީ ތިމަން ﷲ އަށް ބިރުވެތިވާ އަޅުންނަށެވެ. އަދި ތިމަން ﷲ ގެ ރަޙްމަތަށް އެދި ކެތްތެރިވެވޭނީ ނަމާދުކުރާ އަޅުންނަށެވެ." 

މީސްތަކުންނޭވެ! ކީރިތި ޤުރްއާނާއިމެދު ފުންކޮށްވިސްނަންވާނެއެވެ. ހަމައެކަނި މާނަ ދުލުން ކޔާލުމަކުން ނުފުދޭނެއެވެ. މިސާލަކަށް މިއާޔަތުގައި ﷲ ތަޢާލާ އެވަނީ މީސްތަކުންގެ ތެރެއަށް ވަރުގަދަ ބަސްފުޅެއް ދޫކުރައްވަވައިފައެވެ. 

"ކެތްތެރިކަމާއި ނަމާދުން ތިއަބައިމީހުން ވާގިހޯދާށެވެ! (ދެއްވަވާހުށީމެވެ!) (ނަމަވެސް ތިމަން ﷲ އަށް) ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. 

ކެތްތެރިވުމާ ނަމާދުކުރުން ދަތި އުނދަގޫ ކަމަކަށްވެގެންދާ ސަބަބު ކުރިން ވެސް ބަޔާންކޮށްފީމެވެ. އެއީ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން ނެތުމެވެ. ވީމާ މި ބަޔާންކުރި ކަންކަމުގެ މައްޗަށް ފުންކޮށް ވިސްނައިލާށެވެ. އަދި ނަރަކައިން މިންޖުވުމަށް ގަދައަޅައި މަސައްކަތްކުރަމުން ގެންދާށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން