131 މީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
131 މީހުން މިއަދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ!

ކޮވިޑް19 އަށް މިއަދު 131 މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެޗްޕީއޭގެ ޙިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ކޮވިޑް 19 އަށް ޖުމްލަ 131 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވުނު ސާމްޕަލްސް ގެ އަދަދަކީ 4018 އެވެ.

މިބައްޔަށް ޝިފާ ލިބުނު މީހުންގެ ޢަދަދު މިއަދާއި ހަމައަށް ވަނީ 85823 އަށް އަރައިފައެވެ. 

މިއަދާއި ހަމައަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 87915 އަށް އަރައިފައެވެ. މި ބައްޔަށް 1836 މީހުންނަށް ފަރުވާ ދެމުން އަންނައިރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ 29 މީހުންނަށެވެ.

މި ބަލީގައި ޖުމްލަ ނިޔާވެފައިވަނީ 243 މީހުންނެވެ.

މިއަދު އޮންލައިން