ޢަދާވާތްތެރިކަމަށްވުރެ ހުރިހާގޮތަކުންވެސް މޮޅުގޮތަކީ މާފުކުރުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޢަދާވާތްތެރިކަމަށްވުރެ ހުރިހާގޮތަކުންވެސް މޮޅުގޮތަކީ މާފުކުރުމެވެ!

އާޚިރަތަށް އެދިގެން އާޚިރަތާ ހެދި އުޅޭ މީހުންނަށް ޢަދާވާތްތެރިވާކަށް ވަޤުތެއް ނޯންނާނެއެވެ. އަދި ޢަދާވާތްތެރިވުމަކީ އެކަމަށްޓަކައި ނުހަނު ގިނަ އުނދަގޫތައް ތަޙައްމަލުކުރަންޖެހޭ، ނުހަނު ބޮޑު ނުތަނަވަސްކަން ހިތަށް ވެރިކުރުވާ ކަމެކެވެ. ގިނަގުނަ ވަޤުތުތަކެއް ބޭކާރުވެގެންދާ ކަމެކެވެ.

وَإِنَّ السَّاعَةَ لَآتِيَةٌ فَاصْفَحِ الصَّفْحَ الْجَمِيلَ ‎﴿الحجر: ٨٥﴾‏

"ޤިޔާމަތުގެ ވަގުތު އަންނާނެކަން ކަށަވަރެވެ. ފަހެ، ރިވެތިވެގެންވާ ގޮތުގައި ކަލޭގެފާނު މާފުކުރައްވާށެވެ."

- ޝައިޚް މުޙައްމަދު ޝާފިޢު

ޢަދާވާތްތެރިންނާއި ހަސަދަވެރިންނާއި ކޮންމެ ދުވަހަކުހެން ބައްދަލުވާނެއެވެ. އެއެންމެންގެ ކަންކަން ސިކުޏޑީގައި ބަހައްޓައިގެން އުޅޭ މީހާ އޭނާއާއިއކު އެ އުފުލަނީ ބަރު ލަގެޖެކެވެ. އެލަގެޖް އުފުލުމުން ތިމާއަށް އަބަދުވެސް ލިބޭނީ އިތުރު ބުރަކަމެވެ. 

އެމީހުންނަށް އަވަހަށް މާފުކޮށްލާށެވެ! ސިކުނޑިން އެކަން ފިލުވައިލާށެވެ. އެލަގެޖުން ސަލާމަތްވެވޭނެ އެންމެ ފައިދާހުރި ގޮތަކީ އެއީއެވެ. ޢަދާވާތްތެރިން ތިބޭނެ ކަމާއި އެއީ ކޮންބައެއްކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި އެމީހުންކުރާ ކަންކަމާއި ކުރާނެކަންކަންވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެމީހުން ކުރާނެ ކަންކަން ﷲ ތަޢާލާއަށް ވަކީލްކޮށްލާށެވެ! 

- މުފްތީ މެންކް

މިއަދު އޮންލައިން